ބްރެޒިލްގެ އިތުމްބިއާރާ ސިޓީގެ ސެކްރެޓަރީ އޮފް ގަވަރްމަންޓްގެ މަގާމުގައި ހުރި ތޭލްސް މަޗާޑޯ، އޭނާގެ ދެ ދަރިން މަރާލުމަށްފަހު އަމިއްލައަށް މަރުވި ހިތާމަވެރި ހާދިސާއެއް މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގައިފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 12 އަހަރުގެ މިގޭލް އާއި 8 އަހަރުގެ ބެނީސިއޯއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ތެރޭގައެވެ.
މި ބިރުވެރި އަމަލު ހިންގުމުގެ ކުޑަވަގުތުކޮޅެއް ކުރިން މަޗާޑޯ ވަނީ އޭނާގެ އިންސްޓަގްރާމްގައި މެސެޖެއް އާންމުކޮށްފައެވެ. އެ މެސެޖުގައި އޭނާ ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމީ އޭނާގެ އަންހެނުން އެހެން މީހަކާ ގުޅުން ބާއްވާކަން އެނގުމާ ގުޅިގެންނެވެ. އޭނާގެ އަންހެނުން އެހެން މީހަކާ ބައްދަލުކުރުމަށް ސައޮޕައުލޯއަށް ދަތުރުކޮށްފައިވާ ކަމަށްވެސް އެ މެސެޖުގައި ތުހުމަތުކޮށްފައިވެއެވެ. "ހިތް ކުދިކުދިވެފައިވާ" ހާލަތެއްގައި މި އަމަލު ހިންގި ކަމަށް ބުނެފައިވާ މި ޕޯސްޓް ފަހުން ވަނީ ޑިލީޓްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މުޅި ސިޓީއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މަޗާޑޯއަކީ އިތުމްބިއާރާގެ މޭޔަރުގެ ދަނބިދަރިފުޅު ކަމަށްވާއިރު، މި ހަބަރު ލިބުމާއެކު މޭޔަރަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު