މިއަދު ހިނގަ ހިނގާހުރި ތުއްތު ތުއްތު ޓޭލާ މާޝަލްގެ މައިންބަފައިން ގާތު ވަގުތަކީ ދަރިފުޅު ދުނިޔޭގައިލާނެ އެންމެފަހު ނޭވާގެ ވަގުތު ކަމަށްބުނެ، އެދަރިފުޅާއި އެންމެ ފަހުގެ ވަދާއީ ސަލާމް ކުރުމަށް ޑޮކްޓަރު އެންގިއެވެ. ނަމަވެސް، މިއަދު އެ ކުޑަކުޑަ ޓޭލާ މާޝަލް ދުނިޔެއަށް ސާބިތުކޮށްދެމުން އެދަނީ ހިތްވަރާއި ކެރުމުގެ އާދަޔާޚިލާފު މިސާލެކެވެ. ޓޭލާގެ މި ދަތުރު ފެށުނީ އެއްވެސް ބެލެނިވެރިއަކު ތަހައްމަލު ކުރަން ބޭނުން ނުވާނޭފަދަ ބިރުވެރި ބައްޔެއް ކަމަށްވާ "މެނިންގޯކޮކަލް މެނިންޖައިޓިސް ޑަބްލިއު" އާ އެކުގައެވެ.
ބަލީގެ ނުރައްކާ ބޮޑުވެ، އެންމެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޑޮކްޓަރުންނަށް މަޖުބޫރުވީ އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރިކޮށްލުމަށެވެ.
މި ބަލީގެ ސަބަބުން ޓޭލާގެ ވާތު ފައިގެ ކަކުލުން ތިރި އަދި އަތުގެ އިނގިލިތަކާއި ކަނާތު ފައިގެ އިނގިލިތައް ބުރިކޮށްލަން ޖެހުނެވެ.
އެހެންނަމަވެސް، މި ބޮޑު ހިތާމައިގެ ތެރޭގައިވެސް ޓޭލާ އުންމީދު ކަނޑައެއް ނުލައެވެ. އޭނާގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި، ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައަކީ މުޅި ދުނިޔެއަށް ލިބުނު ބޮޑު ހިތްވަރެކެވެ. އޭނާގެ ފުރަތަމަ ފިޔަވަޅުތަކަކީ ހަމައެކަނި ހިނގުމެއް ނޫނެވެ. އެއީ ކިތަންމެ ކުޑަ ހަށިގަނޑެއްގައި ނަމަވެސް، ވަރުގަދަ އަޒުމެއް އޮތްނަމަ ކޮންމެފަދަ ގޮންޖެހުމަކާވެސް ކުރިމަތިލެވިދާނެކަމުގެ ދިރިހުރި ހެއްކެކެވެ.
މިއަދު ޓޭލާ އަކީ ހަމައެކަނި ދިރިހުރި ކުއްޖެއް ނޫނެވެ. އޭނާއަކީ އާޓިފިޝަލް ފައިގެ އެހީގައި ހިނގާބިނގާވެ އުޅޭ، ހަލުވިކަމާއެކު ދިރިއުޅުމުގެ އާ އުސްމިންތަކަކަށް ދަތުރުކުރަމުންދާ ކާމިޔާބު ކުއްޖެކެވެ. ޓޭލާގެ މި ވާހަކައަކީ "ކޮންމެފަދަ ހާލަތެއްގައިވެސް އުންމީދު ކަނޑާނުލާށޭ" ބުނެދޭ ހިތްވަރުގަދަ މެސެޖެކެވެ.

ކިޔުންތެރިންގެ ހިޔާލު