ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަތުރުވެރިކަމުގެ ވަސީލަތްތަކުގެ 98.4 އިންސައްތަ މިހާރު ހުރީ އޮޕަރޭޝަނަލް ހާލަތުގައި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމުގެ މުހިންމު ނިޝާނެއް ކަމަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިހާތަނަށް 68،095 އެނދު ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރެއިން 67،009 އެނދު މިހާރު ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރަމުންނެވެ.
އެގޮތުން މިވަގުތު އޮޕަރޭޝަނުގައި ހުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ 179 ރިސޯޓުގައި ހުރި 44،807 އެނދާއި، 911 ގެސްޓްހައުސްގައި ހުރި 16،171 އެނދާއި، 169 ސަފާރީ އުޅަނދުގައި ހުރި 3،433 އެނދާއި، 16 ހޮޓަލުގައި ހުރި 2،598 އެނދެވެ.
ފަތުރުވެރިކަމުގެ ވަސީލަތްތައް އިތުރުވަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ މިހާތަނަށް 312،343 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 295،762 ފަތުރުވެރިންނާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެ ދުވަހު އެކަނިވެސް 10،462 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިއީ 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2.2 މިލިއަން ފަތުރުވެރިންނަށްވުރެ 300،000 އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު