އަބަދުވެސް ލީޑަޝިޕް އެއް އާއިލާއެއްގެ ތެރޭގައި ދެމިއޮންނަ އުތުރު ކޮރެއާގެ ސިޔާސީ މަސްރަޙުން މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ސްޕޮޓްލައިޓަށް އަލަށް ނުކުމެފައިވާ ފުރާވަރުގެ އަންހެން ކުއްޖެކެވެ. ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އުތުރު ކޮރެއާގެ މިހާރުގެ ލީޑަރު ކިމް ޖޮންގް އުން އޭނާގެ ފަހަތުން ވެރިކަމަށް އައުމަށް ތައްޔާރުކުރަމުންދަނީ އޭނާގެ އަންހެން ދަރިފުޅު ކިމް ޖޫ އޭ އެވެ.
މިއީ އަހަރުތަކެއް ވަންދެން އުތުރު ކޮރެއާގެ ސިޔާސީ މުސްތަގުބަލާ މެދު އުފެދިފައިވާ ޝައްކުތަކަށް އައު ދިރުމެއް ލިބުނު ކަމެކެވެ. އޮބްޒާވަރުން މިހާރު ގަބޫލުކުރާ ގޮތުގައި، ވެރިކަމުގެ ވަލީއަހުދު ކަނޑައެޅުމުގެ މަރުހަލާ ނުވަތަ "ސަކްސެސަރ ޕްރޮސެސް" މިހާރުވެސް ދަނީ މަޑުމަޑުން ކުރިއަށެވެ.
ޕްރައިވެޓް ލައިފް އިން ފެށިގެން ޕަބްލިކް ސްޓޭޖަށް
އުމުރުން ގާތްގަނޑަކަށް 13 އަހަރު ކަމަށް ބެލެވޭ ކިމް ޖޫ އޭ ފުރަތަމަ ފަހަރަށް ދައުލަތުގެ ޓީވީން ފެނިގެން ދިޔައީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އާންމުންގެ ތެރެއަށް ނުކުުންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. ކޮރެއާގެ ޕީޕަލްސް އާމީ އުފެދުނު އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ބޮޑެތި އަސްކަރީ ހަރަކާތްތަކުގައި ވެސް އޭނާ ވަނީ ބައްޕަ އާއެކު އިސް ސަފުން ފެނިފަ އެވެ. މީގެ އިތުރުން، އުތުރު ކޮރެއާގެ ކުރީގެ ލީޑަރުންގެ ހަށިގަނޑު ބަހައްޓާފައިވާ "ކަމްސޫސަން ޕެލަސް އޮފް ދަ ސަން" އަށް ވެސް އޭނާ ޒިޔާރަތް ކުރައްވާފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު ކިމް ޖޫ އޭ ވަނީ އޭނާގެ ބައްޕައާއެކު ބެއިޖިންއަށް ގޮސް، ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ރަސްމީ ދަތުރެއް ކޮށްފަ އެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު، އެއީ ހަމައެކަނި ލީޑަރެއްގެ ދަރިއަކު ރަސްމިއްޔާތެއްގައި ބައިވެރިވުމަށްވުރެ ބޮޑު، ސިޔާސީ މާނައެއް އެކުލެވޭ ކަމެއް ކަމަށް ބެލެވެން ވަނީ ފަށާފަ އެވެ.
"ސަކްސެސަރ ޑެޒިގޭޝަން" މަރުހަލާ
ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސް (އެންއައިއެސް) އިން ހާމަކުރާ ގޮތުގައި، ކިމް ޖޫ އޭ މިހާރު ހުރީ ވެރިކަމާ ހަވާލުވުމަށް ތައްޔާރުކުރާ "ސަކްސެސަރ ޑެޒިގޭޝަން" މަރުހަލާގަ އެވެ. ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ލީ ސެއޮންގް ކްވެން ވިދާޅުވި ގޮތުގައި، ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، ކިމް ޖޫ އޭ މިހާރުވެސް ދައުލަތުގެ ބައެއް ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ދެއްވަމުން ގެންދަވާ ކަމަށް ބެލެވެ އެވެ. މިއީ ތެދެއް ނަމަ، މިކަން ވެގެންދާނީ އުތުރު ކޮރެއާގެ ސިޔާސީ މަސްރަޙަށް އަންނާނެ ވަރަށް ބޮޑު ބަދަލަކަށެވެ. މިއިން ދޭހަވަނީ ހަމައެކަނި ރަމްޒީ ތަމްރީނެއް ދިނުމުގެ ބަދަލުގައި، އޭނާއަކީ ނިންމުންތައް ނިންމާނެ މީހެއްގެ ގޮތުގައި މަޑުމަޑުން ތައްޔާރުކުރަމުންދާ ކަމެވެ.
އަދި ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ އެންމެ ބޮޑު ސިޔާސީ ޖަލްސާ ކަމަށްވާ "ޕާޓީ ކޮންގްރެސް" ގައި ކިމް ޖޫ އޭ ބައިވެރިވެވަޑައިގަންނަވާތޯ ދުނިޔޭގެ ޖާސޫސީ އިދާރާތަކުން ފާރަވެރިވާނެ އެވެ. އެއީ ޚާރިޖީ ސިޔާސަތާއި އަސްކަރީ އަދި ނިއުކްލިއާ ތަރައްގީގެ ކަންކަމުގައި ޕިއޮންގްޔަންގްގެ މިސްރާބު ހާމަކޮށްދޭ އެންމެ މުހިންމު އިވެންޓެވެ.
އާއިލީ ވެރިކަން ކުރިއަށް
އުތުރު ކޮރެއާގެ ވެރިކަމުގެ ނިޒާމަކީ ހަރުކަށި އާއިލީ މިލްކިއްޔާތެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ކިމް ޖޮންގް އިލް ވެރިކަމަށް ވަޑައިގަތީ އޭނާގެ ބައްޕައަށް ފަހުގަ އެވެ. އަދި މިހާރުގެ ލީޑަރު ކިމް ޖޮންގް އުން ވެރިކަމާ ހަވާލުވީ 2011 ވަނަ އަހަރު ކިމް ޖޮންގް އިލް އަވަހާރަވުމާ ގުޅިގެންނެވެ. ކިމް ޖޫ އޭގެ ވެރިކަން ރަސްމީވެއްޖެނަމަ، އޭނާ ވެގެންދާނީ ކިމް ދަރިކޮޅުގެ ހަތަރު ވަނަ ޖީލުގެ ލީޑަރަށެވެ.
ކިމް ޖޫ އޭ އަކީ ކިމް ޖޮންގް އުން އާއި އަނބިކަނބަލުން ރީ ސޯލް ޖޫގެ ހަމައެކަނި ފެންނަން ހުރި ދަރިފުޅެވެ. ޖާސޫސީ މައުލޫމާތުތައް ބުނާ ގޮތުގައި ކިމްގެ ދޮށީ ފިރިހެން ދަރިއަކު ހުރި ނަމަވެސް، އުތުރު ކޮރެއާގެ މީޑިއާތަކުން އޭނާ ދައްކާފައެއް ނުވެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ، ޖޫ އޭގެ ވުޖޫދުގެ ޚަބަރު އެންމެ ފުރަތަމަ ލިބުނީ 2013 ވަނަ އަހަރު އެންބީއޭގެ ކުރީގެ ކުޅުންތެރިޔާ ޑެނިސް ރޮޑްމަންގެ ފަރާތުންނެވެ. އޭރު އޭނާ ބުނެފައިވަނީ އުތުރު ކޮރެއާއަށް ކުރި ދަތުރުގައި "ތުއްތު ޖޫ އޭ" އުރާލި ކަމަށެވެ. އެދުވަހު އެއްވެސް މީހަކު އެއީ މުސްތަގުބަލުގެ ލީޑަރު ކަމަކަށް އުންމީދެއް ނުކުރެ އެވެ.
ދެން އަންނަނީ ކޮންކަމެއް ހެއްޔެވެ؟
ކިމް ޖޮންގް އުންގެ ސިއްހީ ހާލަތާ މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް، އޭނާ ވެރިކަމުން ވަކިވާން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް އަދި ނެތެވެ. އުމުރުން 42 އަހަރުގައިވެސް އޭނާ ގެންދަވަނީ ގައުމުގެ އަސްކަރީ އަދި ސިޔާސީ ބާރުތައް ވަރުގަދައަށް ކޮންޓްރޯލް ކުރައްވަމުންނެވެ.
ނަމަވެސް އޭނާގެ އަންހެން ދަރިފުޅު އާންމުކޮށް ފެންނަން ފެށުމަކީ އާއިލީ ވެރިކަން ދެމެހެއްޓުމަށް ގަސްތުގައި ކުރާ މަސައްކަތެކެވެ. އުތުރު ކޮރެއާގެ ސިޔާސީ ސަގާފަތުގައި ރަމްޒީ ކަންކަމަކީ ވަރަށް ބޮޑު ބަރުދަނެއް ހުރި ކަންކަމެވެ. އެހެންކަމުން، ކުރިއަށް އޮތް ބޮޑެތި އިވެންޓްތަކާއި ޕާޓީގެ ކޮންގްރެސްގައި ކިމް ޖޫ އޭގެ ބައިވެރިވުން ހުރި މިންވަރަކުން، އޭނާއަކީ ހަގީގީ ވަލީއަހުދުކަން ކަށަވަރުވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު