ގާޒާގެ އުމުރުން އެންމެ 4 މަހުގެ ތުއްތު އާލްމާ އަބޫ ރިޟާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ގާޒާއިން ބޭރަށް އޭނާ ބަދަލުކޮށްދިނުމަށް އެދި އާއިލާއިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކުއްލި އިލްތިމާސެއް ނެރެފިއެވެ. އާލްމާއަކީ ފުއްޕާމޭގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ "އިންޓަރސްޓީޝަލް ލަންގް ޑިޒީޒް" ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ.
މި ބަލީގެ ސަބަބުން އޭނާގެ ފުއްޕާމޭ މަސައްކަތްކުރުން ހުއްޓި، ނޭވާލުމަށް ދަތިވުމުގެ ސަބަބުން މުޅި ހަށިގަނޑު ނޫވެ، ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
މި އާއިލާއަށް މިފަދަ ހިތާމަވެރި ހާދިސާއެއް މީގެ ކުރިންވެސް ވަނީ ކުރިމަތިވެފައެވެ. އާލްމާގެ ދައްތަ، ވަތީންވެސް ވަނީ ހަމަ މި ނުރައްކާތެރި ބަލީގައި މީގެ ކުރިން ފުރާނަ ވަކިވެފައެވެ. މިއަދު އާލްމާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މެދުނުކެނޑި އޮކްސިޖަން ދޭންޖެހޭއިރު، ގާޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެ، ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތަކާއި ފަރުވާ ނެތުމުގެ ސަބަބުން އާލްމާގެ ފުރާނަ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.
އާލްމާގެ މަންމައަށް ދެވަނަ ދަރިއަކު ގެއްލުމުގެ ހިތާމައިން ސަލާމަތްކޮށްދިނުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައާއި ކަމާބެހޭ ފަރާތްތަކުން މިހާރުން މިހާރަށް އިސްނަގައި، އޭނާ ގާޒާއިން ބޭރަށް ބަދަލުކޮށްދިނުމަށް އާއިލާއިން އާދޭހާއެކު އެދެއެވެ. މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އާއިލާގެ ފޯނު ނަންބަރު 00972595342813 މެދުވެރިކޮށް ގުޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު