މާރިޗު މަހުގެ 3 ވަނަ ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިިބި މީހުންނަށް އުޑުމަތިން ފެނިގެންދާނީ ހިތްގައިމު އަދި އެހާމެ ރީތި މަންޒަރެކެވެ.
އެ ދުވަހު ހިފާ ހަނދުކޭތައާއެކު، އުޑުމަތީގައި ބަބުޅަމުންދާ ފުރިހަމަ ހަނދު ފުން ކޮޕާ-ރަތް ކުލައަކަށް ބަދަލުވެގެންދާނެއެވެ. "ބްލަޑް މޫން" ގެ ނަމުން މަޝްހޫރުވެފައިވާ މި ކޭތަ ހިފަނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ އައިސް، އިރުގެ އަލި ހަނދަށް އެޅުން ހުރަސްކޮށް، ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމުންނެވެ.
މި ހަނދުކޭތައިގެ ތެރޭގައި ހަނދު އެއްކޮށް އަނދިރިވުމުގެ ބަދަލުގައި ފެންނަ ރަތްކުލައަކީ ދުނިޔޭގެ އެޓްމޮސްފިއާ ނުވަތަ ޖައްވުގެ ތެރެއިން ނޫކުލައިގެ އަލި ފުރޭނިގެން ދިއުމަށްފަހު، ރަތްކުލައިގެ އަލި ހަނދާ ދިމާލަށް ލެނބިގެން ދިއުމުގެ ސަބަބުން ފެންނަ ކުލައެކެވެ. މާރިޗު 3 ގެ މި ކޭތަ އެންމެ ސާފުކޮށް ފެންނާނެ ކަމަށް ބެލެވެނީ އެމެރިކާ ބައްރުގެ ގައުމުތަކަށާއި، އޮސްޓްރޭލިއާ އަދި އިރުމަތީ އޭޝިއާގެ ބައެއް ސަރަހައްދުތަކަށެވެ. މިއީ ނުޖޫމީ އިލްމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަނދާނުން ފޮހެލަން ދަތި، ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ވަގުތަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު