ރާއްޖޭގެ ދަރަނި ބޮޑުވީ އެއްވެސް ސަރުކާރެއްގެ ކުށަކުން ނޫން ކަމަށާއި، އެކަން އެހެންވީ ރާއްޖޭގައި އޮތް ޑިމޮކްރަސީއާއި ރައްޔިތުންގެ ބޭނުންތައް ހުރި ގޮތުން ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ވަފުދަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ދިވެހިންނަކީ އާންމުކޮށް ފަގީރު ބަޔަކަށް ވާތީ، ކޮންމެ ސަރުކާރަކަށް ވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ސަބްސިޑީތައް ދޭން މަޖުބޫރުވާ ކަމަށެވެ.
ޤާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑިމޮކްރަސީގެ ތެރެއިން އަންނަ އިންތިޚާބުތަކަކީ "ނީލަމެއް" ފަދަ އެއްޗަކަށް ވެފައިވާ ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް އަނެއް ސަރުކާރަށް ވުރެ މަގުބޫލުވާން މަސައްކަތް ކުރުމުގެ ނަތީޖާއަކީ ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެގެން ދިއުމެވެ.
މިއީ ހަމައެކަނި އެމްޑީޕީ، ޕީޕީއެމް ނުވަތަ ޕީއެންސީގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި، މިއީ އަވަށްޓެރި ގައުމުތަކުގައި ވެސް ފެންނަން އޮތް ޑިމޮކްރެޓިކް ނިޒާމުގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރާ މެދު އިތުބާރު އޮތްކަން ހާމަކުރައްވަމުން ޤާސިމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެގޮތުން މިނިސްޓްރީތައް މަދުކުރުމާއި، މުސާރަ ކުޑަކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދަރަނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އާމްދަނީ އިތުރުކުރާނެ ގޮތްތައް ސަރުކާރުން ހޯދާނެ ކަމަށާއި، އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު