ޖަރުމަންވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔާގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ބައްދަލުވުންތަކުގައި، ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާކޮށް ދެމެހެއްޓުމަށް ދެ ޤައުމުގެ ރައީސުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. ޚާއްޞަކޮށް ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި، މަތީ ފަންތީގެ މަޝްވަރާތަކާއި އެއްބަސްވުންތަކުގެ ޒަރީޢާއިން މި ގުޅުން ސިންދަފާތުކޮށް ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިޤްތިޞާދީ ގޮތުން މި ދަތުރުފުޅުގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ "މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް" ބޭއްވުމެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ އިޤްތިޞާދު ފުޅާވަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ޖަރުމަނުގެ ކުންފުނިތަކަށް ދަޢުވަތު އަރުވާފައެވެ. މީގެ އިތުރުން، ވިލާތުގެ މަޝްހޫރު ޓޫރިޒަމް ގްރޫޕެއް ކަމަށްވާ "ޑިއަރޓުއަ ޑޮއިޝްލަންޑް ޖީ.އެމް.ބީ.އެޗް" އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ރާއްޖެ އިޝްތިހާރުކުރުމުގެ ފަހުމުނާމާއެއްގައި މި ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކޮށްފައެވެ.
ތަޢުލީމީ އަދި ޚާރިޖީ ދާއިރާއިން ބަލާއިރު، ރައީސް މުޢިއްޒު ވަނީ ބާލިންގެ ހުމްބޯލްޑްޓް ޔުނިވަސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ރާއްޖެއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ތަޤުރީރެއް ކުރައްވާފައެވެ. އަދި ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީޖީއޭޕީ) ގައި ބޭއްވުނު ބައްދަލުވުމެއްގައި، ޚާރިޖީ ސިޔާސަތުގައި ކަނޑުތަކުގެ މުހިންމުކަމާ ގުޅޭގޮތުންވެސް އެމަނިފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާވެސް ގުޅިފައިވާ ދަތުރުފުޅެކެވެ. އެގޮތުން މި މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖާފަތުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު