ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަންތައް އަނބުރާ ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން، ސަރުކާރުން މިލިއަނުން ފައިސާ ހުށަހަޅަމުންދާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންތިޚާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނުގެ ނައިބު ޙުސައިން ޙަސަން ވިދާޅުވީ، އިންތިޚާބުގެ ކުރިން ނަތީޖާ ކަށަވަރު ކުރުމަށްޓަކައި ސަރުކާރު ހިންގާ ޕީއެންސީން ނުރަނގަޅު ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ޙުސައިން ވިދާޅުވި ގޮތުގައި، ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް އޮތް ފުރުސަތުގެ ބޭނުން ހިފައި، ސަރުކާރުން ދަނީ އެކި ކެންޑިޑޭޓުންނަށް ބޮޑެތި އަދަދުތަކުން ފައިސާގެ އިތުރުން ވަޒީފާ އާއި ޕްރޮމޯޝަންތައް ވެސް ހުށަހަޅަމުންނެވެ. އަދި މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ރާއްޖޭގައި ކުރެވޭ ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހާމަނުކުރާ ބައެއް މަޢުލޫމާތުތައް ވެސް ސަރުކާރުގެ ފަރާތުން ކުރިން ހާމަކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. އެގޮތުން ބައެއް ދާއިރާތަކުގެ ގޮނޑިތައް ޕީއެންސީއަށް ކަށަވަރުވެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އިލެކްޝަންސްގެ އިޖުރާއަތްތަކާ ޚިލާފަށް ކުރާ ކަމެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު