ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭގޮތުން، އޭރުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ތަޙްޤީޤު ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

މޫސަ މިކަމަށް ގޮވާލެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޫސާ މަނިކު ވިދާޅުވީ، 7 ފެބުރުވަރީގައި ހިނގާދިޔަ "ބަޣާވާތަށް" ފަހު، އެތައް ރައްޔިތުންނަކަށް އަނިޔާކޮށްފައިވާ ކަމަށާއި، އެވަރުން ނުފުދިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ރައީސަކު ދުވަހަކުވެސް ބަދުނާމުނުވާ މިންވަރަށް ހަޑިމުޑުދާރު ތުހުމަތުތަކެއް އޭރު ކުރެވިގެންދިޔަ ކަމަށެވެ. އަދި މިކަންކަމުގެ ޒިންމާ އޭރުގެ ރައީސް ވަހީދު އުފުއްލަވަން ޖެހޭނެ ކަމަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު