ހިތުގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި އާންމުވަމުންދާ ނުރައްކާތެރި ބައްޔަކަށް ވާއިރު، ހިތުގެ ލޭހޮޅިއެއް ބެދިގެން ސްޓެންޓް ލެއްވުމަށްފަހު، އެއީ ބަލިން މުޅިން މިންޖުވީ ކަމަށް ބަލައި ފަރުވާ ކުޑަނުކުރުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަށްވައިފިއެވެ.
ހިތުގެ ލޭހޮޅީގައި ސްޓެންޓެއް ލެއްވުމުން ލޭ ދައުރުވުން ރަނގަޅުވި ނަމަވެސް، ދިގު މުއްދަތަކަށް ސަލާމަތުން ހުރުމަށްޓަކައި ކެއުމާއި ދިރިއުޅުމުގެ އާދަކާދަތައް ވަކި ގޮތަކަށް ބަައްޓަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ ތެރޭގައި ރަނގަޅު ކާނާ ކެއުމާއި، ގަވައިދުން ކަސްރަތު ކުރުމަކީ އާ ބްލޮކޭޖްތައް އުފެދުން ހުއްޓުވައި، ކޮލެސްޓްރޯލް އާއި ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ސްޓެންޓް ރައްކާތެރިކޮށްދޭ ބޭސްތަކަށް އެހީތެރިވެދޭނެ ކަންކަމެވެ.
ކެއުމުގައި އިސްކަންދޭންވީ ކަންކަން
ދުުޅަހެޔޮ ސިއްހަތަކަށްޓަކައި ކޮންމެ ކެއުމެއްގެ ބޮޑު ބައިގައި މޭވާ އާއި ތަރުކާރީ ހިމެނުމަކީ މުހިންމު ކަމެކެވެ. ވީހާވެސް ތާޒާކޮށް ނުވަތަ ލުއިކޮށް ކައްކާފައި ހުންނަ ތަކެއްޗަށް އިސްކަންދޭންޖެހެއެވެ. އޯޓްސް، ބްރައުން ރައިސް، ހޯލް ވިޓް ރޮށި، ބާލީ، އަދި މިލެޓް ފަދަ 'ހޯލް ގްރޭން' ތަކަކީ ނުބައި ކޮލެސްޓްރޯލް މަދުކޮށް ހަށިގަނޑުގެ ހަކަތަ އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.
ޕްރޮޓީންގެ ގޮތުގައި ޓޫނާ، ސާޑިންސް، ނުވަތަ ސެލްމޮން ފަދަ މަސް ބޭނުންކުރުން ރަނގަޅުއިރު، ހަން ނެތް ކުކުޅު، ބިސް، ޗިކްޕީސް އަދި ފެހި ގްރަމް އަކީ ކޮންމެ ދުވަހަކު ބޭނުންކުރަން އެންމެ އެދެވިގެންވާ ތަކެއްޗެވެ. ކެއްކުމުގައި ޒައިތޫނި ތެޔޮ ނުވަތަ ސަންފްލާވާ ތެޔޮ މަދު މިންވަރަކަށް ބޭނުންކުރުމަށާއި، ކިރު ބޭނުންކުރާނަމަ 'ލޯފެޓް' ކިރު ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
ދުރުހެލިވާންޖެހޭ ތަކެތި
ތެލުލި ކާނާ، ފާސްޓް ފުޑް، ޕްރޮސެސްޑް ސްނެކްސް، ރެޑް މީޓް (ގެރިމަސް ފަދަ ތަކެތި)، ފޮނި ކާނާ، އަދި ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އާންމުވެފައިވާ އެނަރޖީ ޑްރިންކް ބުއިމަކީ އޭގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހަކުރުގެ މިންވަރު ގެއްލުންވާ މިންވަރަށް މަތިކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ލޭގެ ޕްރެޝަރު މަތިވިޔަ ނުދިނުމަށްޓަކައި ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރަން ޖެހެއެވެ. ހެނދުނުގެ ނާސްތާގައި މާޖިރީން ނުވަތަ ބަޓަރާއި ޖޭމް ބޭނުންކުރާނަމަ، އެތަކެތި ބޭނުންކުރަންވާނީ ވަރަށް ކުޑަ މިންވަރަކަށެވެ. ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގެ ދުޅަހެޔޮކަމަށްޓަކައި ދުވާލަކު 1.5 އާއި 2 ލީޓަރާ ދެމެދުގެ ފެން ބުއިމަކީ ބާރުއަޅާ ކަމެކެވެ.
ދިރިއުޅުމުގެ ވައްޓަފާޅި އިސްލާހުކުރުން
ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ހިތުގެ ބަލިތަކާއި ފުރަމޭގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަންކަމެވެ. މިފަދަ ނުރައްކާތެރި އާދަތަކާ ދުރުވުމަކީ ސިއްހީ ގޮތުން ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.
މިކަންކަމަކީ ބަލިމަޑުކަމެއް ދިމާވަންދެން މަޑުކުރެވެން އޮތް ކަންކަމެއް ނޫނެވެ. ކާބަފައިން ބުނެއުޅޭ ފަދައިން ރައްކާވެ ތިބިއްޔާ ދަތުރެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޑޮކްޓަރު ދީފައިވާ ހުރިހާ ބޭހެއް، ހާއްސަކޮށް ލޭ ދިޔާކުރާ ބޭހާއި ކޮލެސްޓްރޯލް ބޭސް ގަވައިދުން ބޭނުންކުރުމެވެ. ހިތުގެ ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު