އިރާނާއި އެމެރިކާގެ އިސް އޮފިޝަލުން އޮމާންގައި ބޭއްވި މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް ތަނުގައިވެސް ވާހަކަދެއްކުންތައް ކުރިއަށް ގެންދިއުމަށް ނިންމައިފި ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އަރަގްޗީ ވިދާޅުވީ އޮމާން މެދުވެރިވެގެން ކުރިއަށްދިޔަ މި މަޝްވަރާތަކަކީ "ރަނގަޅު ފެށުމެއް" ކަމަށާއި، މި ވާހަކަތައް ބިނާވެފައިވަނީ ހަމައެކަނި "ނިއުކްލިއާ މައްސަލައަށް" ކަމަށެވެ. އަދި އިތުރު މަޝްވަރާތައް ކުރުމަށްޓަކައި ދެ ޤައުމުގެ މަންދޫބުން މިހާރު އެނބުރި ޤައުމަށް ވަޑައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލުން ބޭނުންވަނީ ނިއުކްލިއާ މައްސަލައިގެ އިތުރުން އިރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި، ސަރަޙައްދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް އިރާނުން ދޭ އެހީތެރިކަމާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ވިސްނުން ހުރި ގޮތުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ހާމަވެއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ މިދިޔަ މަހު އިރާނުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް އެ ޤައުމުގެ ސަރުކާރުން ހަރުކަށިކޮށް ހުއްޓުވުމާ ގުޅިގެން އެމެރިކާއިން އެޅި ފިޔަވަޅެކެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި އެ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ އިރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެ ޤައުމަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އެ ސަރަޙައްދަށް އެތައް ހާސް ސިފައިންނާއި، މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ހިމެނޭ ބޮޑު އަސްކަރީ ފައުޖެއް ވަނީ ފޮނުވާފައެވެ.
އިރާނުންވެސް ވަނީ އެމެރިކާއިން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފައެވެ. އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައެވެ. އިރާނުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ ދެ ފަރާތުގެ މެދުގައި "އިތުބާރު ނެތް މާހައުލެއް" އޮތް ކަމަށާއި، އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ.
މި މަޝްވަރާތައް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި އޮމާންގެ ޚާރިޖީ ވަޒީރު ބަދަރު އަލްބޫސައިދީ ވިދާޅުވީ، މިއީ ދެ ފަރާތުގެ ވިސްނުން ހުރި ގޮތް ސާފުކުރުމަށާއި ކުރިއަށްދާނެ މަގުތައް ދެނެގަތުމަށް ލިބުނު ފުރުޞަތެއް ކަމަށެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނަރެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އިރާނާ ދެމެދު ހިނގި ހަނގުރާމައިގައި އެމެރިކާއިން އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އެޅި ފަހުން، ދެ ޤައުމުގެ އިސް އޮފިޝަލުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު