މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މި ބަލި ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި، ކެއުމުގެ ކުރިން އަދި ފާޚާނާކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް އާދަކުރުމާއި، ބޯފެނުގެ ގޮތުގައި ކޮލޮރިންކޮށްފައިވާ ފެން ނުވަތަ ކައްކާފައިވާ ފެން ބޭނުންކުރުމާއި ތަރުކާރީއާއި މޭވާ ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވެގެން ބޭނުންކުރުން ހިމެނެއެވެ.
އަދި ކާބޯތަކެތި މެހި ނުޖަހާނެހެން ރަނގަޅަށް ފޮރުވާފައި ބެހެއްޓުމާއި، ގިނައިރުވެފައި ހުންނަ ކާބޯތަކެތި ބޭނުން ނުކުރުމަށާއި، ބޭރަށް ހިންގާނަމަ ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެތީ، އެފަރާތްތަކުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އަދި ބޭރަށް ހިންގުމާއި ހޮޑުބަލި ޖެހިއްޖެ ނަމަ ގިނަގިނައިން ލޮނުޕެކެޓު، ސޫޕް، ކުރުނބާފެން ފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމަށް އިރުޝާދުދީފައެވެ.
ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވެ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު