ރާއްޖޭގެ 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވަނިކޮށް އެ ސަރަަހައްދުން ބޭރުގެ ދެ މަސް ބޯޓެއް ދިވެހި ސިފައިން ހިފަހައްޓައިފިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އެ ދެބޯޓް ހިފެހެއްޓީ ސިފައިން މިއަދު ހިންގި އޮޕަރޭޝަނެއްގައެވެ.
ޑިފެންސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ސްރީ ލަންކާގެ ދެ މަސް ބޯޓެއް ހުއްޓުވައި، އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ދަރުމަވަންތަ މަނަވަރު ހަރަކާތްތެރިވާ ތަން ފެންނަ ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެެ.
ލަންކާގެ ދެ މަސް ބޯޓު ހުއްޓުވާފައިވަނީ ސ. ގަމާ 104 ނޮޓިކަލް މޭލު ބޭރުންނެވެ. އެ ދެ ބޯޓު ވަށާ ކޯސްޓްގާޑުން ހަރަކާތްތެރިވާ މަންޒަރު ފޮޓޯތަކުން ފެންނައިރު، މިކަމާ ގުޅޭ ތަފްސީލެއް އެމްއެންޑީއެފްއިން އަދި ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު