މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކޮންޓްރޯލް ދަށުގައި ނެޓްރިޒާވްގެ ގޮތުގައި ހުރީ އެންމެ 129 މިލިއަން ޑޮލަރު ކަމަށާއި އޭގެ އިތުރަށް އެންމެ ލާރި އެއްވެސް ނުހުންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ ސަރުކާރަށް ވަރުގަދަ ޗެލެންޖެއް ކުރިމަތިކުރައްވައިފިއެވެ.
ޣަފޫރު މިހެން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އުފުލި މިވަގުތު 1.1 ބިލިއަން ޑޮލަރު ރިޒާވްގައި އެބަހުރި ކަމަށް ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ.
ރިޔާސީ ބަޔާނުގައި ރައީސް ދެއްކެވި އެ ވާހަކަފުޅާއި ގުޅިގެން އެމްޑީޕީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބުދުލްޣަފޫރު ވިދާޅުވީ ރާއްޖޭގެ ރިޒާވްގެ ހިސާބުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށެވެ. ޣަފޫރު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި "ގްރޮސް ރިޒާވް" ގެ ވާހަކަ އެއީ މޮޅު ކަމެއްގެ ގޮތުގައި ނުދައްކާނެ ކަމަށެވެ. ގްރޮސް ރިޒާވަކީ ހަރަދު ނުކޮށް ހުންނަ ފައިސާ ކަމަށާއި، ސަރުކާރުން އެ އަދަދުތައް ދައްކައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ގްރޮސް ރިޒާވް 2020 ވަނަ އަހަރުވެސް ރާއްޖޭގައި ހުރީ 900 މިލިއަން ޑޮލަރުގައި. އެއަށްފަހު ޓީޖީއެސްޓީ 8 ޕަސެންޓަށް އިތުރުކޮށް، އެއަރޕޯޓް ޓެކްސްތައް ބޮޑުކުރީ. ކުރިން 60 ޑޮލަރު ނެގި ބިޒްނަސް ކްލާސް ޓިކެޓަށް މިހާރު 120 ޑޮލަރު، އަދި 90 ޑޮލަރު ނެގި ފަސްޓް ކްލާސް ޓިކެޓަށް 240 ޑޮލަރު އެބަ ނަގާ. މިއީ ރައްޔިތުން ފެލައިގެން ހޯދި ލާރި،" ޣަފޫރު ވިދާޅުވިއެވެ.
ސަރުކާރުގެ ހިންގުންތެރިކަމުން އިގްތިސާދު ކުރިއަރާފައިވާ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ޣަފޫރު އިތުރަށް ވިދާޅުވީ، ޔޫސަބަލް ރިޒާވްގެ ގޮތުގައި 244 މިލިއަން ޑޮލަރު ހުރި ކަމަށް ސަރުކާރުން ބުނަނީ އިންޑިއާގެ ރޯލްއޯވަރއިން ބޭންކުތަކަށް ދީފައިވާ 115 މިލިއަން ޑޮލަރުވެސް ހިމަނައިގެން ކަމަށެވެ. ނަމަވެސް އެއީ އެމްއެމްއޭގެ ކޮންޓްރޯލް ދަށުގައި ހުރި ފައިސާއެއް ނޫން ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ސަރުކާރަށް ޗެލެންޖުކުރަން، މިއަދު ދައުލަތުގެ ނެޓް ރިޒާވްގެ ގޮތުގައި ބޭނުންކުރަން އެމްއެމްއޭގައި ހުންނާނީ 129 މިލިއަން ޑޮލަރު. މިއަށްވުރެ އިތުރު އެންމެ ލާރިއެއްވެސް ނުހުންނާނެ. މި ނޫން ހިސާބެއް ސަރުކާރަށް ނުނެރެވޭނެ،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދޮގު ހެދުމަކީ މި ސަރުކާރުގެ މައިގަނޑު ފަލްސަފާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ސަރުކާރުން ހަދަމުންދާ އިތުރުފުޅުތައް ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށް ޣަފޫރު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު