ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ތެރެއިން، ޗައިނާގެ އެންމެ މަތީ ޔުނިވާސިޓީ ކަމަށްވާ ސިންގްވާ ޔުނިވާސިޓީއާއި އެމެރިކާގެ ހާވާޑް ޔުނިވާސިޓީ ގުޅުވައިދިނުމަށް އެޕްސްޓީން މަސައްކަތް ކުރިކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ދާދި ފަހުން ލީކުވި އެޕްސްޓީންގެ އީމެއިލްތަކަކުންނެވެ.
ލީކުވި މެއިލްތަކުން އެނގޭ ގޮތުގައި، 2016 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ސިންގްވާ ޔުނިވާސިޓީ ބޮސްޓަންއަށް ގެނައުމުގެ ބޮޑު މަޝްރޫއެއް އެޕްސްޓީންއާ ގުޅިގެން ރޭވުނެވެ. މި މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވަނީ ހާވާޑްގެ މެގަ ޑޯނަރު ޖެރަލްޑް ޗާން އާއި، ޗައިނާ ދަރިކޮޅުގެ އެމެރިކާގެ މަޝްހޫރު ހިސާބުވެރިޔާ ޝިންގް ޓަންގް ޔައު އަދި ހާވާޑްގެ ހިސާބާއި ބަޔޮލޮޖީގެ ޕްރޮފެސަރު މާޓިން ނޮވާކްއެވެ.
މި ބޭފުޅުން މަސައްކަތް ކޮށްފައިވަނީ މަޝްހޫރު 'ޑީލް މޭކަރެއް' ކަމަށް އޭރު ބެލެވުނު އެޕްސްޓީން މެދުވެރިކޮށް މި މަޝްރޫއަށް ބޭނުންވާ ކަންކަން ފަހިކުރުމަށެވެ.
އޭޕްރީލް 2016 ގައި ޝިންގް ޓަންގް ޔައު، އެޕްސްޓީންގެ އެހީތެރިޔާއަށް ފޮނުވި އީމެއިލްއެއްގައި ބުނެފައިވަނީ، ބޮސްޓަން ސަރަހައްދުގައި ކެމްޕަހެއް ބިނާކޮށް އެމެރިކާގެ ލޯކަލް ޔުނިވާސިޓީތަކާ ފުރިހަމައަށް މުއާމަލާތް ކުރުމަށް ޗައިނާގެ ޔުނިވާސިޓީން އެއްބަސްވެފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ޗައިނާއާއި އެމެރިކާއާ ދެމެދު ރިސާޗާއި އެކަޑަމިކް ހަރަކާތްތައް ގުޅުވައިދޭ ފުރަތަމަ ދަރަޖައިގެ އިންސްޓިޓިއުޓެއް ބިނާކުރުން ކަމަށްވެސް އެ އީމެއިލްގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އެޕްސްޓީންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދަން އުޅުނު މިޕްލޭން އެންމެ ފަހުން ވަނީ ފެއިލްވެފައެވެ. މި މަޝްރޫއުގެ ވާހަކަ މިހާރު ފެންމަތިވެފައި މިވަނީ، އެމެރިކާއާއި ޗައިނާއާ ދެމެދު ސައިންސާއި ޓެކްނޮލޮޖީގެ ރޭހުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޚާއްޞަކޮށް ސިންގްވާ ޔުނިވާސިޓީއަކީ މިހާރު އެމެރިކާއިން ޗައިނާއަށް ކުރިމަތި ކުރަމުންދާ ޓެކްނޮލޮޖީގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކޮންޓްރޯލްތައް މުގުރާލުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް މަރުކަޒެވެ. އެހެންކަމުން، އެމެރިކާގެ އެންމެ ނުފޫޒުގަދަ އެއް ޔުނިވާސިޓީއާއި ޗައިނާގެ އެންމެ މަތީ ޔުނިވާސިޓީ ގުޅުވައިދިނުމަށް އެޕްސްޓީން ފަދަ ނުރައްކާތެރި މުޖުރިމަކު މަސައްކަތް ކޮށްފައިވާކަން ހާމަވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު