ރާއްޖޭގައި ބާއްވާ ކުރިން ބާއްވަމުން އައި އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިހާނު އަހަރުތަކަށް މެދުކަނޑެމަކަށްފަހު މިއަހަރުން ފެށިގެން އަލުން ބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިހާނު މެދުކަނޑާލާފައިވަނީ 2019 ވަނައަރުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ރާއްޖޭގައި މެއި، ޖޫން އިމްތިޙާނު ދިނުން ހުއްޓާލުމާ ގުޅިގެން، އެ އިމްތިޙާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ހުރުމުގެ ޚަރަދަށް އެކަނިވެސް އެވްރެޖްކޮށް 30,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޭދަވާކަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޕްރައިވެޓް ކެންޑިޑޭޓުންނަށް އަމާޒުކޮށް އަލުން ރާއްޖޭގައި އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާން ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި އިމްތިޙާނާ ގުޅޭ އިތުރު ތަފްޞީލުތައް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އާންމުކުރަމުން ގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނު ކުރިއެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގައެވެ. މި ބަދަލުގެ ސަބަބުން އަމިއްލަ ގޮތުން އިމްތިޙާނު ހަދާ ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު