ތިލަފުށީ ވެމްކޯ ސައިޓްގައި ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލާގައި ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތު ލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަގެ މައްޗަށް ފުލުހުން ކޮށްފިއެވެ.
ޢުމުރުން 24 އަހަރުގެ އަމީން މިއާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ޙާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ. އަމީން މިއާ ފެނިފައިވަނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮށްވައެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، ތިލަފުށީގައި އޮޕަރޭޓްކުރާ އެކްސްކެވޭޓަރެއްގެ ޑްރައިވަރ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ހެޝަން އެވެ.
ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. ހެޝަންގެ މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ ހެޝަން ދުއްވި އެކްސްކަވޭޓަރަކުން ޖެހި އަމީން މިއާ މަރުވެފައިވާ ކަމަށާއި، އަދި ހެޝަން އެކްސްކަވޭޓަރު އޮޕަރޭޓް ކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށެވެ.
ފުލުހުން މީގެކުރިން މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކުނި ޖަމާކޮށްފައިވާ ސައިޓުގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި އޭނާ ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އަމީން މިއާ ވެއްޓުމުން، އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާގެ ގައިމައްޗަށް ކުނިތައް އެޅިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވެއެވެ." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ހަމައެއާއެކު މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި އުމުރުން 32 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެއިތުރުން މި މައްސަލައާ ގުޅޭ ޚަބަރުތައް ފެތުރުމުގައި، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު