ދިވެހި ދެމަފިރިއަކަށް އިއްޔެ ލިބުނު އެއްމާބަނޑު ތިން ފިރިހެން ކުދިން، އުފަންވިތާ އެއް ދުވަސްވެސް ނުވަނީސް ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގދ. ފިޔޯރީ އާއިލާއަކަށް ނިސްބަތްވާ މި ތިން ކުދިން ނިޔާވީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން ނެގި ފަހުންނެވެ. މި ކުދިން ނަގާފައިވަނީ މައިމީހާގެ ބަނޑަށް ފަސް މަހުގައި ކަމަށްވާއިރު، ސިޒޭރިއަން ހަދަން ޖެހުނީ މާބަނޑު ދުވަސްވަރު ދިމާވި "ރިސްކު ބޮޑު" ކަންތައްތަކެއްގެ ސަބަބުން ކަމަށް އެނގިފައިވެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި ތިން ކުދިންނަށް ދީފައިވާ ނަންތަކަކީ ލޫތު، ހޫދު އަދި މީކާއިލް އެވެ. މި ތުއްތު ތިން ކުދިންގެ ކަށުނަމާދު އިއްޔެ ހަވީރު 5:00 ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައި ވަނީ ބާއްވާފައެވެ.
މި ހާދިސާއާ ގުޅިގެން ކުދިންގެ މަންމަގެ ސިއްޙީ ހާލަތާ ބެހޭ މަޢުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ. ނަމަވެސް، އެއްމާބަނޑު ތިން ކުދިން ނިޔާވި ހިތާމަވެރި ޚަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކޮށް، ހިތާމަފާޅުކުރަމުންނެވެ.
ކަށުނަމާދު ޕޭޖުގައިވާ މަޢުލޫމާތަށް ބަލާއިރު، މިއީ ފަހަކަށް އައިސް ރާއްޖޭގައި އެއްމާބަނޑު ތިން ކުދިން އުފަންވެ، އެހާ ކުރު މުއްދަތެއްގެ ތެރޭގައި ނިޔާވި ފުރަތަމަ ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު