މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ "ވަދް 2" އަކީ، މީގެ ފުރަތަމަ ފިލްމު "ވަދް" ފަދައިން ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފަދަ ވަރުގަދަ އެކްޓިންގްއެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބެލެވެން ފަށައިފިއެވެ. އެގޮތުން ޑާކް ތްރިލާ އަދި ކްރައިމް ޑްރާމާ ޒޯންގައި ހިމެނޭ، މި ފިލްމުގެ ޓްރެއިލަރ މިހާރުވެސް ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ޝިވްޕޫރީ ޑިސްޓްރިކްޓް ޖަލުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. އެގޮތުން ޖަލުން ރިޓަޔަރ ކުރަން ގާތްވެފައިވާ ގާޑެއް ކަމަށްވާ ޝަމްބޫނާތު މިޝްރާ އާއި، މީހަކު މެރުމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމަށްވާ މަންޖޫ ސިންގްއާ ދެމެދު އުފެދޭ ގާތް ގުޅުމެއް ފިލްމުން ފެނިގެންދާނެއެވެ. ޖަލުގައި ހިނގާ އަނިޔާވެރި ހާދިސާއަކާ ގުޅިގެން މުޅި ޖަލު ހަލަބޮލިވެ، ބޮޑު ތަހުގީގެއް ފެށިގެންދާއިރު، ހުރިހާ ގައިދީންނެއް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާ މަންޒަރު މި ފިލްމުން ދައްކުވައިދެއެވެ.
ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމާއެކު ފިލްމުގެ ކޮންޓެންޓާ މެދު ގިނަ ބަހުސްތަކެއް ވަނީ ފެށިފައެވެ. ޑެކަން ކްރޮނިކަލް އަށް ދިން އިންޓަރވިއުއެއްގައި ޑައިރެކްޓަރ ޖަސްޕަލް ސިންގް ސަންދޫ ބުނެފައިވަނީ، "ވަދް 2" އަކީ ކުރީގެ ފިލްމުގެ ސީކުއެލްއެއް ކަމަށް ގިނަ ބަޔަކު ބުނިނަމަވެސް، މިއީ މުޅިން ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ "މާސްޓަރޕީސް" އެއް ކަމަށެވެ. ފުރަތަމަ ފިލްމުގެ ލީޑް ކާސްޓުން ކަމަށްވާ ސަންޖޭ މިޝްރާ އާއި ނީނާ ގުޕްތާ މި ފިލްމުންވެސް ފެނިގެންދާނެއެވެ. ޑައިރެކްޓަރ ގަބޫލުކުރާ ގޮތުގައި ފުރަތަމަ ފިލްމުގެ ހަނދާންތައް ހުއްޓާ މި ފިލްމު ބަލައިފިނަމަ، ބެލުންތެރިންނަށް ފިލްމުގެ ވާހަކައިގެ ތެރެއަށް މާ ފަސޭހައިން ވަދެވޭނެއެވެ.
ފިލްމުގެ ޑައިރެކްޓަރ މިހެން ބުނެފައިވާއިރު، މިހާރުގެ އޯޑިއަންސް ބޮޑެތި ސްޓޫޑިއޯތަކުގެ އާދައިގެ ފިލްމުތަކަށްވުރެ ބޮޑަށް ބަލަން ބޭނުންވަނީ ކޮލިޓީ މަސައްކަތްތަކާއި އެންގޭޖިންގ ސްޓޯރީ ޑްރައިވަން ފިލްމުތަކެވެ. އެގޮތުން "ވަދް 2" އަށް މިހާރުވެސް ވަނީ ބޮޑު ތައުރީފެއް ލިބިފައެވެ. އިންޑިއާގެ 56 ވަނަ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އައި.އެފް.އެފް.އައި 2025) ގައި މިފިލްމު ދެއްކި އިރު، ތިއޭޓަރު އޮތީ މުޅިން ފުރިފައެވެ.
ފިލްމު ދައްކަމުން ދިޔައިރު ސަންޖޭ މިޝްރާ އާއި ނީނާ ގުޕްތާގެ މޮޅު އެކްޓިންގްއަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، އަތްތިލަބަޑީގެ އަޑު ހޯލުތެރޭގައި ގުގުމާލިއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އެފެސްޓިވަލުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ޕާފޯމަންސްއެވެ.

ކިޔުންތެރިންގެ ހިޔާލު