އައްޑޫގައި ހަރަކާތްތެރިވާ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ނުވަތަ "އެސް.ކޭ.ޕީ" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ހުށައަޅާފައިވާތީ އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
މި މައްސަލައަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ، މި މައްސަލަ ކޯޓަށް ހުށަހެޅީ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަމަށް އެދި ހުށަހެޅި ހުށަހެޅުމާއި، އެ ގްރޫޕާ ގުޅޭގޮތުން އެއްކޮށްފައިވާ ހެކިތައް ދިރާސާކުރުމަށްފަހު ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "އެސް.ކޭ.ޕީ" ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށް ފާހަގަވާ ކަމަށެވެ.
ހައިކޯޓަށް ހުށަހެޅި މި މައްސަލައިގައި ޕީޖީ އޮފީހުން މައިގަނޑު ހަތަރު ކަމަކަށް ވަނީ އެދިފައެވެ. އެއީ "ސްކޫޕު" ގްރޫޕަކީ ގާނޫނުގައި ބަޔާންކުރާ ފަދަ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ގްރޫޕަށް ނިސްބަތްވާ މީހުންގެ ގޮތުގައި ފާހަގަވެފައިވާ 9 މީހަކީ އެ ގޭންގުގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ގްރޫޕާ ގުޅުން އޮންނަ ކަމަށް ބެލެވޭ "އެސް.ކޭ.ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އައްޑޫސިޓީގެ އެކި ތަންތަނާއި ފާރުތަކުގައި ލިޔެފައިވާ "ސްކޫޕު" ނުވަތަ "އެސް.ކޭޕީ" އާ ގުޅޭ ނަންތަކާއި ނިޝާންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ޕީޖީ އޮފީހުން ބުނީ، މީގެ ކުރިންވެސް ފުލުހުން މިފަދަ އެހެން މައްސަލައެއް ހުށަހެޅި ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާތީ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެހެންކަމުން، މިއީ އާ ގާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.
ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްފައިވަނީ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން، މާލީ ނުވަތަ މާއްދީ މަންފާއެއް ހޯދުމަށް ޖިނާއީ ބޮޑެތި ކުށްތައް ކުރާ ގްރޫޕްތަކަށެވެ.
ޕީޖީ އޮފީހުން ބުނީ ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމުމުން، އެ ގްރޫޕުގެ މެންބަރުންނާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ފުލުހުންނާ ގުޅިގެން އަޅަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު