ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން-
ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން-
މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުން ދިޔަކަމުގެ ތުހުމަތުގައި 2 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އާ އަހަރާ ދިމާކޮށް އެ އިދާރާ އިން ކުރިއަށް ގެންދާ "ރިވެލި" އޮޕަރޭޝަނުގެ ދަށުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގު އެންފޯސްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމް އެވެ.

ފުލުހުން ބުނީ އެ ދެމީހުންވެސް ހައްޔަރުކުރީ މާލޭގެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަދި އެގޭގެ ތިން ވަނަ ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

އެގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅޭ ތަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެމީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު