ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި ރޯވުން-
ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި ރޯވުން-
ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވުމާ ގުޅިގެން ސަފާރީގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންގޮސްފިއެވެ.

ވ.އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވާން ފެށީ މިއަދު އިރުއޮއްސުނު ވަގުތުއެވެ.

ފުލުހުން ބުނީ މި ސަފާރީގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 17:54 ހާއިރު ކަމަށެވެ.

މި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންގޮސްފައެވެ. ސަފާރީން ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ.

ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެނުން ކަމަށް ފުލުހުން މައުލޫމަަތު ދެއެވެ. އަދި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެއް ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ގެންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު