އޮސްޓްރޭލިއާގެ މިސްކިތެއް-
އޮސްޓްރޭލިއާގެ މިސްކިތެއް-
އޮސްޓްރޭލިއާގެ ބްރިސްބަންގައި ހުންނަ މިސްކިތެއްގެ ފާރުގައި އިސްލާމޯފޯބިއާ އުފައްދާފަދަ ނުވަތަ އިސްލާމް ދީނަށް ނަފުރަތު އުފެދޭ ރަމްޒުތަކެއް ކުރެހި މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، މޫނު ނިވާކޮށްގެން ހުރި މީހަކު ބޯލްޑް ހިލްސް މިސްކިތަށް ގޮސް، ނާޒީން ބޭނުންކުރާ 'ސްވަސްޓިކާ' ފަދަ ނިޝާންތައް ކުރަހާފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ކުއީންސްލޭންޑްގެ ފުލުހުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

އެގައުމުގެ ފުލުހުން ބުނީ އޮސްޓްރޭލިއާ ފަދަ ގިނަ ސަގާފަތްތަކެއް އެކުލެވޭ މުޖުތަމައެއްގައި ދީނީ ނުވަތަ ނަސްލީ ގޮތުން މީހުންނަށް ބިރުދެއްކުމާއި ފުރައްސާރަކުރުމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނަށް މިކަމުގެ ސަބަބުން ނުތަނަވަސްކަން ލިބުނު ނަމަވެސް، މުސްލިމް ލީޑަރުން ވަނީ ކެތްތެރިކަން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު