ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގު "ޑޯން 3" ގައި ކުޅެން އުޅުނު ރޯލު ދޫކޮށްލާފއިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ރަންވީރު ސިންގު އެންމެ ފަހުން ފެނިފައި ވަނީ ބޮކްސް އޮފީހުގައި މިހާރު ވަރަށް ހިނގަމުންދާ، އަދި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު "ދުރަންދާރު" އިންނެވެ.
މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާއެކު ރަންވީރު އޭނާގެ ކުރިއަށް ހުރި ބައެއް ފިލްމުތައް ދޫކޮށްލާފައި ވާކަމަށް ޕިންކްވިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި ފަރްހާން އަހްތަރު އާއި ރިތޭޝް ސިދްވާނީ ގުޅުގެން އުފައްދާ "ޑޯން 3" ހިމެެނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެ ފިލްމު ދޫކޮށްލާފައި ވަނީ އެއީވެސް ގޭންގްސްޓާރ ފިލްމަކަށް ވާތީއެވެ. "ދުރަންދާރު" އަށް ފަހަށް ހަމަ އަނެއްކާވެސް އެފަދަ ކެރެކްޓަރެއް ކުޅެން އޭނާ ބޭނުން ނުވީ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އޭގެ ބަދަލުގައި ދެން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާނީ ޖޭ މެހެތާ ޑައިރެކްޓުކުރާ ފިލްމު "ޕްރެލޭ" އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ ޒޮމްބީ ތުރިލާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު