އިޓަލީގެ ގައުމީ ސަލާމަށް ކުޑަ ބަދަލެއް ގެނެސް، އޭގައި ހިމެނޭ ފޯރިގަދަ "ސީ"، އިޓަލީ ބަހުން އާނއެކޭ ބުނުމަށް ބޭނުންކުރާ ބަސް އުނިކޮށްފި ކަމަށް އެގައުމުގެ ސަރުކާރުގެ މަސްދަރުތަކުން އަންގާރަ ދުވަހު ބުނެފިއެވެ.
މިކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، މި ބަދަލު ގެނައުމަށް ޑިފެންސް ސްޓާފުން ރަސްމީ އިރުޝާދު ނެރުނީ ފާއިތުވި ހަފުތާތަކުގައެވެ. މިއީ މޭ މަހު ރަސްމީ ގެޒެޓުގައި ޝާއިއުކުރި ރިޔާސީ ގަރާރަކާ އެއްގޮތަށް، ގައުމީ ސަލާމުގެ އަސްލު އިބާރާތަށް ރުޖޫއަވުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މި ބަދަލުގެ ކުރިން، "ބްރަދާސް އޮފް އިޓަލީ" ނިމެނީ މިފަދައިންނެވެ: "އަހަރެމެން މިތިބީ ގުރުބާން ވާން ތައްޔާރަށެވެ، އަހަރެމެން މިތިބީ ގުރުބާން ވާން ތައްޔާރަށެވެ، އިޓަލީން މި ގޮވާލަނީ! އާނއެކޭ!"
އިޓަލީ ބަހުން އާނއެކޭ މިހެން ބުނާ ލަފުޒު އުނިކުރި ހަބަރު ސަރުކާރުން އާންމުކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް، "އިލް ފަޓޯ ކުއޮޓިޑިއާނޯ" ނޫހުން އަންގާރަ ދުވަހު މިކަން ރިޕޯޓުކުރުމުން، ޑިފެންސް މިނިސްޓްރީއާއި ރައީސް ސާޖިއޯ މަޓަރެއްލާގެ އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ރައީސް އޮފީހުގެ މަސްދަރަކުން ބުނި ގޮތުގައި، މި ބަދަލަކީ އެއްވެސް ސިޔާސީ ސަބަބަކާ ހުރެ ގެނައި ބަދަލެއް ނޫނެވެ. މީގެ ބޭނުމަކީ އަސްލު ޅެމުގައި ނެތް އިތުރުވުމެއް އުނިކޮށް، އޭގެ އަސްލު ސާފުކަން ދެމެހެއްޓުމެވެ.
ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ޕާޓީއަށްވެސް ނަން ދެވިފައިވާ "ބްރަދާސް އޮފް އިޓަލީ" ލިޔުއްވީ 1847 ވަނަ އަހަރު، އިޓަލީ އެއްބައިވުމުގެ ކުރިން ޅެންވެރިޔާ ގޮފްރެޑޯ މަމޭލީއެވެ.
މަމޭލީގެ ޅެމުގައި "ސީ"، އިޓަލީ ބަހުން އާނއެކޭ ބުނުމަށް ބޭނުންކުރާ ބަސް ނެތް ނަމަވެސް، އެ އަހަރު މިޝޭލް ނޮވާރޯ ތައްޔާރުކުރި މި ލަވައިގެ އަސްލު މިއުޒިކް ނޯޓްސްތަކުގައި އެ ލަފުޒު ހިމެނެއެވެ. ސަރުކާރުގެ ވެބްސައިޓުގައި މިހާރު ވަނީ ލަވައިގެ އަސްލު ޅެމާއި މިއުޒިކް ސްކޯ ފެންނަން ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު