ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ސަރުކާރުގެ ކުންފުނިތައް މިއަދު ވެފައިވަނީ ބޮޑެތި ކުށްވެރިންގެ ހާއްޔަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުންނަށް ރާއްޖެއިން ބޭރުގެ އިންވެސްޓަރުން އަތުން މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާކަމުގެ ތުހުމަތުތަކެއް އަމާޒުވުމާ ގުޅިގެންނެވެ.

މި ތުހުމަތުތައް ކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒު ހުޅުމާލެ ފުރަތަމަ ފިވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަަކަ ދެއްކި އާންމު ރައްޔިތެކެވެ. އެގޮތުން ބޭރުގެ އިންވެސްޓަރުންގެ އަތުން އެޗްޑީސީއިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނެއުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ބޯޑު މެންބަރުން އެތައް ލައްކައެއްގެ ޑޮލަރު އަމިއްލަ ޖީބަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަކީ މިހާރު ބޮޑެތި ކުށްވެރިންގެ ހާއްޔެއް ކަމަށް ވެފައިވާ ކަމަށާއި، އެތަންތަނުން ވަޒީފާ ހޯދަނީވެސް ވައްކަން ކުރަން ނިޔަތް ގަނެގެން ކަމަށެވެ.

ރިޓަޔަރ ކޮށްފައި، އަބުރު ގެއްލި، ޙަރާމް ގޮތުގައި ފައިސާ ހޯދުމުގެ އިތުރަށް ރައީސް މުއިއްޒަށް ހިޔާނާތުން ވަޒީފާ އުފެއްދުމަކީ އެމީހުން ސަރުކާރުގެ ކުންފުނިތަކާ ގުޅޭ މައިގަނޑު މަގްސަދު ކަމުގައި ޖަމީލް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ގާނޫނު އަބަދަކު އަންދާ ނުލެވޭނެކަން ހަނދާން ކުރަން ވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު