ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް ޞާލިޙް
ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް ޞާލިޙް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް ބައްދަލު ކުރައްވާ ގޮތައް ހަމަޖެއްހިއްޖެއެވެ.

މިކަން ހާމަކުރެއްވީ ރައީސް ސާލިހުއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ، ހޯމަ ދުވަހު ކުޑަހުވަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރައީސް ނަޝީދާއި ގުޅިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރައީސް ސޯލިހު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ނިމުމާއެކު ހުރިހާ ފަރާތްތަކުން ގުޅިގެން އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ޞޯލިހް ވަނީ ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަ ކުރަން އެމަނިކުފާނަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު