މަގާމު ހަވާލު ކުރީ ކަންކަން އިސްލާހު ކުރުމަށް ކަމަށާއި، ނަމަވެސް ކަންކަން ވަމުން ދަނީ އެގޮތަށް ނޫންކަމަށް ވިދާޅުވެ ދިވެހި ދަޢުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ޝާޒު (ތަޖޫބެ) ރައީސް މުއްއިޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައްދަލުވުމުގައި ރައީސް މުއްއިޒަށް އިޝާރަތް ކުރަށްވާ ޝާޒް ވިދާޅުވީ މީގެ ފަސްމަސް ކުރިން އޭނާ އިންޑިއާއަށް ދިޔައީ އަންހެނުންގެ ބޭސްފަރުވާ އަށް ކަމަށެވެ.
"އަޅުގަނޑު ދެ ފަހަރު އެދިގެން ވެސް އާސަންދަ ނުލިބުނު, ދެން ޑރ އަންހެނުންގެ ހާލަތު ބަދަލުވެއްޖެ ކަމަށް އެންގި އަދި އެމަޖެންސީކޮށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް, ޑރ ވިދާޅުވީ ރޮބެޓިކް ސާޖަރީއެއް ކުރަންޖެހޭނެއޭ, އާސަންދައިން ބުނަނީ ރޮބެޓިކް ސާޖަރީއަށް ތިމަންނަމެން ފައިސާ ނުދެމޭ." ޝާޒު ވިދާޅުވިއެވެ.
އެންމެ ފަހުން 4 ލައްކަ ރޫޕީސް ދައްކާފަ އަންހެނުން އޮޕަރޭޝަން ކުރީ އަމިއްލަ ހަރަދުގައި ޝާޒު ވިދާޅުވިއެވެ.
"ދެން އެންސްޕާއިން ހެދީ ހީލަތެއް މަކަރެއް އޮޅުވާލުމެއް, ހެއްދެވި ގޮތަކީ އަނގައިން ނުބުނެ މަޑުކޮށްލައިގެން ތިބީ, 5 ދުވަސް ފަހުން ބުނީ ކޮށްފަ އޮތް ހަރަދަކަށް ފައިސާދެވެން ނެތޭ, މީތޯ ބޭސްފަރުވާ އޮތް ގޮތަކީ؟ ކިހާ ރީތިތޯ؟" ޝާޒު ވިދާޅުވިއެވެ.
ޝާޒު އިތުރަށް ވިދާޅުވީ ބޭސް ސިޓީގެ ބޭހަށް ވެސް ޖެހެނީ ސަލާން ޖަހަން ކަމަށެވެ. އަދި މިއީ ތަންތަނާ ހަވާލުވާ ވެރިންގެ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ޝާޒް ވަނީ އެޗްޑީސީއަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެޗްޑީސީގެ ވިސްނުމުގައި ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ވިސްނުން ނެތްކަމަށާއި، އެއީ ވިޔަފާރި ކުންފުންޏަކަށް ވާތީ، އެޗްޑީސީން ބަލަނީ ވިޔަފާރި ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު