27 ވަނަ ޕްރެޒިޑެންޝަލް އެކްސްޕޯޓް އެވާޑްސްގެ ތެރެއިން-
27 ވަނަ ޕްރެޒިޑެންޝަލް އެކްސްޕޯޓް އެވާޑްސްގެ ތެރެއިން-
27 ވަނަ ޕްރެޒިޑެންޝަލް އެކްސްޕޯޓްސް އެވާޑްސް (2024/2025) ގައި އަކްބްރް ބްރަދާސް ޕްރައިވެޓް ލިމިޓެޑަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާތީ އެކަން ފާހަގަކޮށް ބީއެޗްއެމް ޓްރޭޑާސް އިން މަރުހަބާ ކިޔައިފިއެވެ.

30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަކްބަރް ބްރްދާސް ކުންފުންޏަކީ އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ސްރީލަންކާގެ އެންމެ ބޮޑު ސައިފަތް އެކްސްޕޯޓު ކުރާ ކުންފުނި އެވެ.

އަކްބަރް ބްރްދާސް އަށް 27 ވަނަ ޕްރެޒިޑެންޝަލް އެކްސްޕޯޓް އެވާޑްސްގައި ހަތަރު އެވާޑެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ "ހަޔެސްޓް ނެޓް ފޮރިން އެކްސްޗޭންޖް އޮނާރ އޮފް ދަ އިޔާ" އާއި، "ގްލޯބަލީ އައުޓްރީޗްޑް ސްރީލަންކަން ބްރޭންޑް އޮފް ދަ އިޔާ" އާއި، "ބެސްޓް އެކްސްޕޯޓާރ-ޓީ" ގެ އިތުރުން "ބެސްޓް އެކްސްޕޯޓާރ- ޓީ މެރިޓް" އެވެ.

ރާއްޖެއަށް އަކްބަރު ބްރޭޞްޑުގެ ސައި އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ބީއެޗްއެމް ޓްރޭޑާސް އިން ބުނީ އަކްބަރް ބްރަދާސް އަކީ ސްރީލަންކާގެ އެންމެ ބޮޑު ސައި އެކްސްޕޯޓް ކުންފުނި ކަމުގައި ވާއިރު، ހުއްޓުމެއްނެތި ކުންފުނީގެ ދިގު ތާރީޚީ ކާމިޔާބީ ކުރިއެރުވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ދާކަމަށެވެ.

އަދި މިފަހަރުގެ ޕްރެޒިޑެންޝަލް އެވާޑްސްގައި ލިބުނު ކާމިޔާބީތަކަކީ އެ ކުންފުނިން އުފައްދާ ތަކެތީގެ ފެންވަރަށް ދޭ އަހައްމިއްޔަތުކަމާއި، ސްރީ ލަންކާގެ އެކްސްޕޯޓް އިޤްތިސާދަށް ބަހައްޓާފައިވާ ގަދަފަދަ އަޒުމު ހާމަކޮށްދޭ ކަމެއް ކަމަށް ބީއެޗްއެމް އިން ވަނީ ބުނެފައެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގައި ސިލޯނު ސައިގެ މަގުބޫލުކަން އިތުރުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމުގައިވެސް ބީއެޗްއެމް އިން ވަނީ ބުނެފައެވެ.

ބީއެޗްއެމް އިން ބުނީ ރާއްޖޭގައި އަކްބަރު ސައި ރަސްމީކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތެއްގެ ގޮތުގައި ދެމިހުރުމަކީ ލިބޭ ފަހުރެއް ކަމަށާއި، ތާރީޚީ ގޮތުން ބެލިޔަސް، އިތުބާރާއި، ދުނިޔޭގެ ފެންވަރުގެ މޮޅުކަން ހިމެނޭ ބްރޭންޑެއް ތަމްސީލުކުރުމަކީ ޝަރަފެއް ކަމަށެވެ. އަދި އަކްބަރް ބްރަދާސް އަށް ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތަކަށް އެދޭ ކަމަށް ބީއެޗްއެމް އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު