މިސަރުކާރު ގެންނަން ވަރަށް ބުރަކޮށް މަސައްކަތް ކުރި މީހަކަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސެއިން ފަހުމީ ހަދާލި ގޮތް އޭނާގެ ދުލުން ރޭ ހިއްސާކޮށްފިއެވެ.
ސްޓެލްކޯގެ އެމްޑީގެ މަޤާމުން ވަކިކުރި ފަހުމީ ވަނީ ފަހުން ރައީސް އޮފީހުގެ މިނިސްޓަރަކަށް ބަދަލުކޮށްފައެވެ.
ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އަވަށު ބައްދަލުވުމުގައި ވާހަކަ ދައްކަަމުން ހަމީދު ނަމަކަށް ކިޔާ މީހަކު ބުނީ އޭނާ އަކީ މި ސަރުކާރުގައި ސްޓޯލްކޯގެ މަގާމެއްގައި ހުރި މީހެއް ކަމަށެވެ.
"އަޅުގަނޑުގެ ކުށަކީ ކޮބާތޯ؟ ކުށަކަށް ވީ ރައީސް އޮފީހަށް ގޮސް ހެރިންސް އައްލޯ ކައިރީ ސްޓެލްކޯގައި ކަރަޕްޝަންގެ ކަންކަން އެބަ ހިނގައޭ, އަޅުގަނޑަށް ފާހަގަވި ކަންކަމަކީ މީއޭ, ސްޓެޕް ބައި ސްޓެޕް އަޅުގަނޑު ދެންނެވިން. ބުނީމަ ހެރިންސް އައްލޯ ވިދާޅުވީ ހަމިއްޓޭ އޭ ރައީސް ވަރަށް ރުޅިދުރުވާނެއޭ. އަޅުގަނޑު ވަރަށް ގާތުން ބަލާނަމޭ،" އޭނާ ބުންޏެވެ.
ހައްމިއްޓޭ އިތުރައް ބުނީ މި ވާހަކަ ދެއްކިތާ ހަފްތާއެއް ފަހުން އޭނާ އަދާކުރަމުން ދިޔަ މަގާމުން އޭނާ ވަކިކުރި ކަމުގެ ނޯޓިސް ލިބުނު ކަމަށެވެ.
"ފަހުމީ އަށް ރަގަޅައް އެނގޭނެ މިކަން މިހާރު އެއިންނެވީ މިހާރުވެސް ރައީސް އަރިހުގައި، މިއީ ކަރަޕްޝަން،" އޭނާ ވަރަށް އަސަރާއެކު ބުންޏެވެ.
ފަހުމީއަށް އިޝާރާތްކޮށް އިނގިލި ދިއްކޮށް އޭނާ އިތުރަށް ބުނީ "ކިހާ ރަގަޅުތޯ ފަހުމީ, ފަހުމީ ވަރަށް ބޮޑަށް ޝުކުރިޔާ, އެއީ ރައްޔިތަކަށް ތިވަރުގެ އަނިޔާއެއް ދީފަ, ފަހުމީމެން މި ސަރުކާރު ގެންނަން އަޅުގަނޑުމެން މައްސަކަތް ކުރި ވަރަށް ބައިކުޅަބައިވެސް ނުކުރާނެ،" އޭނާ ވަރަށް ރުޅިވެރިކަމާއެކު ބުންޏެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ގެންނަން ވަރަށް ބުރަކޮށް މައްސަކަތް ކުރި ގިނަ ފަރާތްތަކުގެ ޝުއޫރަކީ އެމީހުން އަދިވެސް ތިބީ ބާކީ ކޮށްފަައިކަމެވެ. ދާދި ފަހުން އެމްޑީޕީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފް ވެސް ވަނީ ޖަޕާނުގެ ސަފީރަކަށް އައްޔަން ކޮށްފައެވެ. މަހުލޫފް ދާދި ފަހަކާއި ޖެހެންދެން ވެސް ދިޔައީ ރައީސް މުއިއްޒަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު