ރައީސް މުއިއްޒު
ރައީސް މުއިއްޒު
ސަރުކާރުގެ އިސް މަޤާމުތަކަށް ރިޓަޔަރޑް ބޭފުޅުން އައްޔަންކުރައްވާތީ އަމާޒުވި ފާޑުކިޔުންތަކަށް ރައީސް މުއިއްޒު ރައްދު ދެއްވައިފިއެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޓަޔަރޑް ބޭފުޅުން އިސް މަޤާމުތަކަށް އައްޔަންކުރައްވަނީ އެބޭފުޅުންނަކީ އަޚުލާޤީ ގޮތުން ރަނގަޅު، އިންޓެގްރިޓީ ހުރި، ހިންގުންތެރި އަދި ޤާބިލު ބޭފުޅުން ކަމަށްވާތީ ކަމަށެވެ.

"ރިޓަޔަރޑް ބޭފުޅުން މަޤާމުތަކަށް އައްޔަންކުރުމުން، އެލަވަންސާއި މުސާރަ ލިބިގެން ޚަރަދު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އަންނަކަން ޤަބޫލުފުޅުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް