ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިންގަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށާއި ކުންފުނީގެ ހުރިހާ ރިސޯސްތަކެއް ދީލާލާފައިވާތަން ފެންނަނީ ވައްކަމާދިމާއަށް ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޔައުގޫބް އެފަދައިން ވިދާޅުވީ ރާއްޖެޓީވީ ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުންނެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގަން އެޗްޑީސީ އިން އިއުލާން ކުރީ، ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް މަޝްރޫއު ދޭން މަގުފަހިކޮށް ދިނުމަށް، ދުރާލާ ވަކި ބަޔަކަށް އެ މައުލޫމާތު ދީގެން ކަމަށެވެ.
މިހާރު ހުރިހާ މުއައްސަސާ އެއް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އަތްދަށުގައި؛" ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ މުއައްސަސާތައް އަތްދަށު ލެވުމަކީ ޤައުމުގެ ކޮންޓްރޯލް ރައީސަށް ލިބޭނެ ކަމެއް ކަމަށް ހީކުރައްވައިގެން ނުވާނެ ކަމަށެވެ.
"ނަމަވެސް އެޗްޑީސީ ހިންގަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް, ކުންފުނީގެ ހުރިހާ ރިސޯސްތަކެއް ވައްކަމަށް ދީލާލާތަން " އޭނާ ވިދާޅުވި އެވެ

ކިޔުންތެރިންގެ ހިޔާލު