އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ 6 މަސް ފަހުން، ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭސީސީ އަށް ފޮނުވައިފިއެވެ.
އޭސީސީން ޖިނާއީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ އިތުރުން އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެެވެ. އެ ތިން ފަނޑިޔާރުންވެސް ސަސްޕެންޑުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމާފައި ވަނިކޮށެވެ.
އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ޖޭއެސްސީން ވެސް ބުނިއިރު، އޭގެ ފަހުން ސުއޫދު ފަނޑިޔާރު އިސްތިއުފާ ދެއްވިއެވެ. އަދި، އަޒްމިރަލްދާއާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން މިދިޔަ މޭއި މަހު ޖޭއެސްސީން ނިންމިއެވެ. އަދި ދެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މެއި މަހުގެ 14 ގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖޭއެސްސީގެ ތަހުގީގަށް ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ދިން ބަޔާންތައް ހޯދުމަށް އޭސީސީން އެދިފައިވަނީ މި ދެ ފަނޑިޔާރުން ވަކިކުރިތާ 6 މަސް ފަހުންނެވެ.
އެ އެދުމާ ގުޅިގެން ޖޭއެސްސީގެ ބައެއް މެންބަރުންގެ މެދުގައި އެކަމާ މެދު ޚިޔާލު ތަފާތުވީ ނަމަވެސް، އެ ބަޔާންތައް އޭސީސީއަށް ފޮނުވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޖޭއެސްސީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވީ، އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރުން ވަކިކުރުމަށް ފަހު އޭސީސީން ޖޭއެސްސީގެ ބަޔާންތައް ހޯދަން އެދުމުންނެވެ.
މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރީ އޭސީސީން އެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ކަމަށްވީނަމަވެސް މިހާތަނަށް އެއިން ފަނޑިޔާރަކާ އޭސީސީން ސުވާލެއް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު