ބެންޖަމިން ނަތަންޔާހޫ
ބެންޖަމިން ނަތަންޔާހޫ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) މިދިޔަ އަހަރު ނެރުނު އަމުރު އެކޯޓުން ދަމަހައްޓައިފިއެވެ.

ނަތަންޔާހޫގެ ފަރާތުން ވަނީ މި އަމުރު އިސްތިއުނާފް ކުރަން އެ ކޯޓަށް ލާފައެވެ. ނަމަވެސް އެ ކޯޓުން ވަނީ އިސްތިއުނާފުގެ ބައެއް ބަލައި ނުގަތް އަމުރު ދަމަހައްޓަން ނިންމާފައެވެ.

ނަތަންޔާހޫ ވަނީ އައިސީސީ އަކީ ޔަހޫދީންނާ ދެކޮޅު، އެންޓި-ސެމިޓިޒަމް އަށް ހިތްވަރުދޭ ތަނެއް ކަމަށް ބުނެފަ އެވެ.

މި ދިޔަ އަހަރު ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުމަށް އައިސީސީން އަމުރެއް ނެރުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ދިން ހަމަލާއާ ގުޅިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގަ އެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ އިހުތިސާސާއި ހައްޔަރުކުރަން ނެރެފައިވާ އަމުރުތަކުގެ ސައްހަކަމަށް އިޒްރޭލުގެ ދައުލަތުން ގޮންޖެހުންތަކެއް ކުރިމަތިކުރާ ކަމަށެވެ.

ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމަށް އަމުރު ނެރުމާ އެކު އައިސީސީ އަށް އިޒްރޭލާއި އެހެން ބައެއް ގައުމުތަކުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ.



ކިޔުންތެރިންގެ ހިޔާލު