ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢަދަދު މިހާރު ވަނީ 37،900 އަށްވުރެ އިތުރުވެފައި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ ރިޕޯޓުން ދައްކައިފިއެވެ. ޕީސީބީގެ ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ގާތްގަނޑަކަށް 3،000 އެއްހާ މުވައްޒަފުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވަނީ އިތުރު ވެފައެވެ.
މި ޢަދަދަކީ ސިވިލް ސަރވިސްގައި މިހާރު މަސައްކަތްކުރާ 30،436 މުވައްޒަފުންނަށްވުރެ އިތުރު ޢަދަދެކެވެ. މިއީ ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާ ނިސްބަތް އާދަޔާ ޚިލާފު ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
މިހާ ގިނަ ޢަދަދެއްގެ މުވައްޒަފުން ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި ތިބި ނަމަވެސް، ގިނަ ސަރުކާރު ކުންފުނިތަކެއް ހިންގަމުން ގެންދަނީ ގެއްލުމުގައެވެ. އަދި ސިޔާސީ ބޭނުންތަކަށް ކުންފުނިތަކަށް މުވައްޒަފުން ނެގުމަށް އެއްވެސް މަޑުޖެހުމެއް އައިސްފައިނުވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ، ދައުލަތަށް އިތުރު ބުރައެއް އުފުލަން ވަނީ ޖެހިފައެވެ.
ހުއްޓުމެއްނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނަގަމުން ދާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ އާމްދަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 9 އިންސައްތަ ވަނީ ދަށްވެފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު އިތުރުވަމުންދާއިރު، އެ ކުންފުނިތައް ގެއްލުމުގައި ހިނގަމުން ދިއުމަކީ އިޤްތިޞާދީ ގޮތުން ދަޢުލަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން މާލީ ބުރަތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަވަސް ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުން މުހިންމެވެ. ސިޔާސީ ނުފޫޒު ކުޑަކޮށް، ކުންފުނިތަކަށް މުވައްޒަފުން ނެގުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަކީ މި ދަނޑިވަޅުގައި ކުރަން އޮތް އެންމެ މުހިންމު މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު