މަސްވެރިންގެ އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތަކަށް ފުލުހުން އަރައި ހައްޔަރުކުރި 4 ބިދޭސީން އިމިގްރޭޝަނާ ޙަވާލު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމު ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 60 ދޯނި ބައިވެރިވެރިވާ މި އިހުތިޖާޖު ފަށާފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހު ހެނދުނު 9:30 ގައި ހުޅުމާލެ ކަންނެލި ޖެޓީގައެވެ. ނަމަވެސް ފަހުން އެ ދޯނިތައް މާލޭ އުތުުރުފަރާތު ކަނޑުގައި އަޅާފައި ވަނިކޮށް ފުލުހުން ވަނީ އޭގެން ބައެއް ދޯނިތަކަށް އަރައި ބާރުގެ ބޭނުން ކޮށްގެން އިޙްތިޖާޖު ރޫޅާލާފައެވެ.
ދޯނިތަކަށް އަަރައި، ދޯނިތަކުގައި މަސައްކަތް ކުރާ 4 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިތުރުން ފުލުހުން ވަނީ، ތިން ދޯންޏެއްގެ ކޮންޓްރޯލް ނަގައި އެ ތިން ދޯނި ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން ދޯނިތައް ވަނީ ދޫކޮށްލާފައެވެ.
އޭގެއިތުރުން ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އާއި އިތުރު 2 މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 5 ދުވަސް ޖަހާފައެވެ. އަދި ފުލުހުން ރޭ ބުނީ މި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ކަމަށެވެ.
މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.
މި އިޙްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ، މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މި އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

Maldives Police have brutally arrested striking migrant workers near Malé — workers who were peacefully demanding a fair price for their clean catch. We call for their immediate release and for authorities to open dialogue instead of using force. #WorkersRights #Maldives@iufap… pic.twitter.com/3Vmvczsz5C
— Bodu Kanneli Masveringe union- BKMU (@FishermensUnion) December 11, 2025
އޭގެއިތުރުން ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އާއި އިތުރު 2 މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 5 ދުވަސް ޖަހާފައެވެ. އަދި ފުލުހުން ރޭ ބުނީ މި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ކަމަށެވެ.
ފުލުހުންގެ ބާރު ބޭނުންކޮށްގެން އަނިޔާވެރިވުން ހަރުކަށިކޮށް ކުއްވެރި ކުރަން! @MMuizzu @Shiyamaldives @PoliceMv @iufap pic.twitter.com/MLrVwwkq98
— Bodu Kanneli Masveringe union- BKMU (@FishermensUnion) December 12, 2025
މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.
މި އިޙްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ، މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މި އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު