ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި، އަދި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ފަޅުވެރިން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް އެދި ކުރި މުޒާހަރާއެއްގައި ބައިވެރިވި، މަސްވެރިކަމުގެ އުޅަނދުފަހަރުގެ ފަޅުވެރިންނާއެކު، މެމްބަރު މައުރޫފް ޒާކިރުވެސް މިއަދު ހައްޔަރުކޮށްފައި ވާކަމަށެވެ.
މި ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރި، އަދި އަޅުގަނޑުމެންގެ އިޤްތިޞާދާއި ދިވެހިވަންތަކަމުގެ މައި ތަނބުކަމުގައިވާ މަސްވެރިކަމުގެ އުޅަނދުތަކަށް ފުލުހުން ފޮނުވާފައިވާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ މި ސަރުކާރުން މިވަނީ މަސްވެރިންނަށް ކެހިދީ، ވެރިކަންކުރުމުގެ އަޚްލާޤީ ބާރުވެސް ގެެއްލުވާލާފައި ކަމަށެވެ.
"މެމްބަރު މައުރޫފް އާއި ހައްޔަރުކޮށްފައިވާ ފަޅުވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލަން" ޝާހިދުގެ ޕޯސްޓުގައި ވެއެވެ.
އިއްޔެ ހެނދުނުން ފެށިގެން ހުއްޓުމެއްނެތި އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރުވެސް ވީފަހުން ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ދޯނިތަކަށް އަރާފައެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފައެވެ. އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ކޯޓު އަމުރެއް ވެސް ނުދައްކާ ކަމަށެވެ.
އެކަމާ ދެކޮޅަށް އަޑުއުފުލުމުން ފުލުހުން ވަނީ މައުރޫފް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި މައުރޫފްގެ އިތުރުން އެހެން ދެ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު