ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ގަދަބާރުން މީހުން ހައްޔަރުކޮށްގެން މައްސަލަތަކަށް ހައްލެއް ނުހޯދޭނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އިހުތިޖާޖުގައި ބައިވެރިވި ބައެއް ފަރާތްތައް ހައްޔަރުކުރުމާ ގުޅިގެންނެވެ.

އެގޮތުން 3 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނެއެވެ. މައުރޫފް ހައްޔަރު ކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ މަސައްކަތްތެރީންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާ، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މަޢުރޫފް ޒާކިރު ބަންދުން ދޫކޮށްލުމަށާއި، އެހެން މަސްވެރީން ވެސް ބަންދުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

"ސުލްހަވެރިކަމާއެކު މަސްވެރިން އިހުތިޖާޖު ކުރަމުން އެ ގެންދަނީ ސަރުކާރުންވި ވައުދު ފުއްދައި ދިނުމަށް ގޮވާލަމުން. މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާކޮށްގެން. ގަދަބާރުން މީހުން ހައްޔަރުކޮށްގެން މައްސަލަތަކަށް ހައްލެއް ނުހޯދޭނެ." ފައިސަލް ވިދާޅުވިއެވެ.

ސަރުކާރުން، ކަންނެލި މަސްވެރިންނަށްވީ ވަޢުދު އަވަހަށް ފުއްދައިދިނުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު