އިސްތިއުނާފް ކޮމެޓީން ގޮތެއް ނުނިންމާތީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސްމީހާ ވަޒީފާއިން ވަކިކުރެވިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އެމައްސަލައިގެ އަދާހަމަ މީޑިއާތަކަށް ހިއްސާ ކުރަމުން ފުލުހުން ބުނީ ޝިޔާޒާ ހައްޔަރުކުރި ދުވަހު އޭނާ ސަސްޕެންޑް ކުރެވުނު ކަމަށެވެ. އަދި ޝިޔާޒާގެ މައްސަލަ ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށް 3 ސެޕްޓެމްބަރު ވަނަ ދުވަހު ނިންމާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ޝިޔާޒާއަށް ދީފައިވާ 3 މަސް ދުވަހުގެ ސަސްޕެންޝަންގެ މުއްދަތު 17 އޮކްޓޯބަރުގައި ހަމަވެފައިވާއިރު، މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ސަސްޕެންޑްކޮށްފައިވާ މުއްދަތު 3 މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ މުއްދަތައް އިތުރުނުކުރެވޭ ކަމަށެވެ.
" ކޮންސްޓަބަލް އައިޝަތު ޝިޔާޒާ ވަނީ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި. އަދި މައްސަލަ އިސްތިއުނާފު ކޮމިޓީން މިހާރު ދަނީ ބަލަމުން. އިސްތިއުނާފް ކޮމިޓީއަކީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިލަރެސްކުރާ މިނިވަން ކޮމިޓީއެއް. މިމައްސަލަ ބަލައި ގޮތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް އެކޮމިޓީން ދަނީ ކުރަމުން. އަދި މައްސަލާގައި ގޮތެއް ނިންމޭނީ އިސްތިއުނާފު ކޮމިޓީން މައްސަލަ ބެލުމަށް ނިންމާ ގޮތެއްގެ މަތިން." ފުލުހުން ބުނެފައިވެއެވެ.
ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިދިޔަ ޖުލައި މަހުގެ 18 ގައި ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އަކީ ފުލުހެއް ކަމަށް ފުލުހުން މީގެކުރިން ހާމަކޮށްފައިވެއެވެ.
އެ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ އާއި އިތުރު މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.
ފުލުހުން ބުނީ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސް ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު