ޕޮކަރ ޓޭބަލްއެއް
ޕޮކަރ ޓޭބަލްއެއް
ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހަދައި، ގާނޫނުލް އުގޫބާތުގައި ހިމަނަން ނިންމައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.

ރައީސް މިއަދު ވިދާޅުވީ، ޖުވާ ކުޅުމުގެ އިތުރުން، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ރައީސް މިކަން އިއުލާނު ކުރަށްވާފައިވާއިރު، މި އަހަރުގެ ތިން ވަނަ ދައުރު ނިންމައި މަޖިލިސް މި ވަގުތު އޮތީ ޗުއްޓީގަ އެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީގައެވެ.

ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ނިންމާފައިވާއިރު، އެކި ބެޓިން ސައިޓުތަކާއި އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓުތައް މެދުވެރިކޮށް، އެކަން ކުރާ ދިވެހިން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އަދި އެފަދަ ސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން މީގެ ކުރިން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު