އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓު އަންނަ އަހަރުގެ ޖޫންގައި ކައިވެނި ކުރަން ތައްޔާރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޕޭޖް ސިކްސް އިން ބުނީ ޓެއިލާ އާއި ލޯބިވެރިޔާ ޓްރެވިސް ކެލްސީގެ ކައިވެނި ހަފުލާ ބާއްވަން ޕްލޭން ކުރަމުން އަންނަނީ ޖޫން 13 ގައި ކަމަށެވެ.
އެ ނޫހުން ބުނީ ކުލަގަދަކޮށް ބާއްވަން ހަމަޖެހިފައިވާ މި ހަފްލާއަށް ގިނަ ބަޔަކަށް ދައުވަތުދޭން ނިންމާފައިވާ ކަމަށެވެ. އެހެެންކަމުން މި ހަފްލާ އޮންނާނެ ކަމަށް ބެލެވެނީ ކަނެކްޓިކަޓް ސްޓޭޓްސްގެ ނިއު އިންގްލޭންޑްގެ ލަގްޒަރީ ހޮޓަލެއްގައި ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ޓެއިލާ އާއި އޭނާގެ ލޯބިވެރިޔާ ޓްރެވިސް އެންގޭޖްވީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި އެކަން އެމީހުން ރަސްމީކޮށް އިއުލާން ކުރީ އޮގަސްޓު 26 ގައެވެ.

ކިޔުންތެރިންގެ ހިޔާލު