މާފުށީ ޖަލު
މާފުށީ ޖަލު
ރާއްޖޭގެ ޖަލުތަކުގައި މެރުމަށް ހުކުމް ކޮށްފައިވާ 20 ގައިދީން ތިބި ނަމަވެސް އޭގެތެރެއިން ސުޕްރީމްކޯޓުން ޙުކުމް ދަމަހައްޓާފައިވާ ގައިދީންގެ ޢަދަދަކީ 3 ކަމަށް ކަރެކްޝަންސްގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ކަރެކްޝަންސް ސަރވިސްއާ ޙަވާލާދީ ރާއްޖޭގެ މީޑިއާއެއްގައި މިއަދު ބުނެފައިވަނީ، ރާއްޖޭގެ ތިން ޖަލެއްގައި މިވަގުތު ޖުމްލަ 1229 ގައިދީން އެބަ ތިބި ކަމަށެވެ. އޭގެތެރޭގައި އުމުރަށް ބަންދު ކޮށްފައިވާ ގައިދީންގެ ޢަދަދަކީ 201 އެވެ.

ހަމައެއާއެކު ބަންދުގައިތިބި ގައިދީންގެ ތެރެއިން މަރުގެ އަދަބު އިއްވައި މެރުމަށް ހުކުމް ކޮށްފައިވަނީ 20 ގައިދީއަކަށް ކަމަށާއި އޭގެ ތެރޭގައި ސުޕްރީމް ކޯޓުން އެމީހުންގެ ޙުކުމް ދަމަހައްޓާފައިވާ 3 ގައިދީން ހިމެނޭ ކަމަށް ތަފާސްހިސާބުގައިވެއެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ. ނަމަވެސް ރާއްޖޭގައި ފަހުގެ ތާރީޚެއްގައި މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ.

މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ އަޑު ގަދަވެފައިމިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މި ސަރުކާރުން ގެނައި ބަދަލާއެކު، ދަށު ކޯޓުގެ މަރުހަލާ ނިމި، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުން އެކަން ތަންފީޒުކުރަން ޖެހޭނެ ކަމަށް ބުނާ ޤާނޫނު ރައީސް ތަސްދީޤު ކުރެއްވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު