އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ނެޓްވޯކެއްގެ އިސް ފަރާތްތަކެއް ރޭ ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި ނެޓްވޯކްގެ ބޭންކް އެކައުންޓްތަކުގައި ފަސް އަހަރުގެ ތެރޭގައި، 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.
މި މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުންދާ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ރޭގެ ވަގުތެއްގައެވެ. މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ތަހުގީގެއް ފަށާފައިވަނީ މި އަހަރުގެ މާރޗް މަހުން ފެށިގެންނެވެ. މި ތަހުގީގުގެ ދަށުން ބަލަމުންދަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، އެ ފައިސާ މަނީ ލޯންޑަރ ކުރުމުގެ މައްސަލަތަކެވެ.
ފުލުހުންގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، މި ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ވަނީ ހާމަވެފައެވެ. އަދި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ނެޓްވޯކްގެ އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ ބޭންކް އެކައުންޓްތަކުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައިވާ ކަމަށް ވެއެވެ.
"އޮޕަރޭޝަން އަލިމަގު" ފުލުހުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ ހޯދައިފައެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު ތަފްސީލް ހިއްސާކުރަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު