މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އިހުސާސް މިއަދު ދިވެހި ރައްޔިތުންނަށް ކުރެވޭނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މައާފު ނުދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ބިލުގައި ހިމަނާފައިވާއިރު، އެނޫންވެސް ބޮޑެތި އަދަބުތައް އެ ބިލުގައި ވަނީ ހިމަނާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ޑްރަގްސްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް މިއަދު މުޅި ދައުލަތް ތެދުވެ އެއް ރޫހެއްގައި މަސައްކަތް ފަށައިފިކަން ރައްޔިތުންނަށް އިހުސާސްވާނެ ދުވަހެއް." މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
ފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުންގެވެސް ހިމެނޭހެން އެންމެން ޖަވާބު ދާރީވާން ޖެހޭ އަދި ކުރުވާނެކަން މިއަދު އިހުސާސް ކުރެވޭ ކަމަށް މިނިސްޓަރ އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު