ބިސްކޯދު ބޮނޑިއެއް ވަގަށްނެގި 43 އަހަރުގެ މީހެއްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
43 އަހަރުގެ ދިވެހި މީހާގެ ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާ ފުލުހުންނާ ހަވާލުކުރީ ބިސްކޯދު ބޮނޑިއެއް ޖިންސް ތެރެއަށްލާތަން ފިހާރައިގެ ކެމެރާއިން ފެނިގެން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ ކޯޓުގައި ބުނެފައިވަނީ، ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށެވެ. ނަމަވެސް ކަސްޓޯޑިއަލުން ފޯނު ކޯލް ފުރުސަތު ދިނުމުން، ކޯލްކުރަން ބޭނުންނުވާ ކަމަށް އެމީހާ ބުނިކަމަށް އަމުރުގައިވެއެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ 10 ދުވަހަށް ބަންދުކުރަން ނިންމީ އޭނާގެެ ބަންދުގެ ރިކޯޑު އޮތުމުންނެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު