ސޯނަމް ކަޕޫރު- ފޮޓޯ: އިންސްޓަގްރާމް
ސޯނަމް ކަޕޫރު- ފޮޓޯ: އިންސްޓަގްރާމް
ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ. އިންސްޓަގްރާމުގައި ހިއްސާކުރި އެ ޕޯސްޓުގައި އޭނާ ބަނޑުބޮޑުކަން އެނގޭ ފޮޓޯތަކެއް ހިއްސާކުރަމުން ކެޕްޝަން ގައި ޖަހާފައިވަނީ "މަދާ" ނުވަތަ މަންމަ އޭ އެވެ.

އޭނާ ދެވަނަ ދަރިއަކަށް ބަލިވެއިން ވާހަކަ މީޑިއާތަކުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރިޕޯޓްކުރި ނަމަވެސް އޭރު އޭނަ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސޯނަމް އާއި ވިޔަފާރިވެރިޔާ އާނަންދު އަޖޫހާގެ ދޮށީ ދަރިފުޅު ވަޔޫ އަށް މިހާރު ވާނީ 3 އަހަރެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގައެވެ.

ކައިވެންޏަށް ފަހު ފިރިމީހާއާ އެކު ސޯނަމް ދިރިއުޅެނީ އިނގިރޭސިވިލާތުގައެވެ. އަދި ކައިވެންޏަށްފަހު އޭނާ އުޅެނީ މަސައްކަތާ ވަރަށް ދުރުގައެވެ.



ކިޔުންތެރިންގެ ހިޔާލު