ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ލީޑުން ފެނިގެންދާ ފްރެންޗައިސް އެއް ކަމަށްވާ "ދަބަންގް" ގެ ހަތަރު ވަނަ ބައެއް އުފައްދަން އުޅޭކަން އިއުލާން ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު އަދި ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ބުނީ "ދަބަންގް 4" އާ ގުޅުން ހުރި މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އެކަމަކު އަވަސް އަރުވާލައިގެން އެ ފިލްމު ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ވަނީ ބުނެފައެވެ.
މި ފްރެންޗައިސްގައި ސަލްމާން ފެނިގެންދާނީ ޗުލްބުލް ޕާންޑޭ ކިޔާ ފުލުހެއްގެ ރޯލުންނެވެ.
އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ދަބަންގް" ސީރީޒް ހަތަރު ވަނަ ބައި ހަދާނެކަން ކަށަވަރުކޮށް ދިން އިރު، ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ "ބެޓްލް އޮފް ގަލްވާން" ގެ މަސައްކަތް ކުރަމުންނެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ސިކަންދަރު" އެވެ.

ކިޔުންތެރިންގެ ހިޔާލު