އާއިލާ މީހަކު ޝަހީދުވުމުން ހިތާމަކުރަނީ
އާއިލާ މީހަކު ޝަހީދުވުމުން ހިތާމަކުރަނީ
ނިރުބަވެރި އިސްރާއީލުގެ ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައި އަނެއްކާވެސް ފަލަސްތީނުގެ ޣައްޒާގެ 28 މީހަކު ޝަހީދުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތައް ދީފައިވަނީޝުޖާޢިއްޔާ، އައްޒައިތޫން، އަދި ދެކުނު ޣައްޒާގެ މަވާސީ ސަރަޙައްދަށް އަމޒު ކޮށެވެ.

މި ޙަމަލާތައް ދީފައި ވަނީ ޔަހޫދީންނާއި ފަލަސްޠީނުގެ ސަރަޙައްދު ވަކިކޮށްދޭ ރީނދޫ ރޮނގަށްވުރެ މާ ދުރުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޒައިތޫންއަށް ދިން ޙަމަލާ އަމާޒުކުރީ އިސްލާމީ ކަންތައްތަކާބެހޭ އިދާރާއެއްގެ އިމާރާތަކަށެވެ. އަދި ވާސީ ސަރަޙައްދަށް ދިން ޙަމަލާ އަމާޒުކުރީ އދ. އިން ހިންގާ މަރުކަޒަކަށެވެ. މި ދެ އިމާރާތުގައި ވެސް އުޅެމުން ދިޔައީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޢާއިލާތަކެވެ.

ގަތުލްޢާންމު ނިމުމަކަށް ގެނައުމަށް އެއްބަސްވީ ފަހުންވެސް ޔަހޫދީން ވަނީ މިހާތަނަށް ފަލަސްތީނުގެ 290 މީހުން ޝަހީދު ކޮށްލާފައި ކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު