ދެ އަހަރު ދުވަހުގެ ތެރޭ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 90 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕަކުން ބުނެފިއެވެ.
ވޭތުވެދިޔަ ދެ އަހަރުތެރޭ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނަށް ނިސްބަތްވާ 94 މީހަކު މަރާލާފައިވާ ކަމަށް ބުނެފައިވަނީ، އިސްރާއީލަށް ނިސްބަތްވާ އިންސާނީ ހައްގުތަކާ ބެހޭ ޖައްމިއްޔާއެއް ކަމަށްވާ ''ފިޒިޝިއަންސް ފޯ ހިއުމަން ރައިޓްސް އިސްރާއިލް'' އިންނެވެ.
އެ ޖަމިއްޔާއިން ވަނީ އިސްރާއީލުގެ ޖަލުތަކުގައި ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި އެ ގުރޫޕުން ވަނީ 7 އޮކްޓޫބަރު 2023 އިން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ދެމެދު އިސްރާއީލުގެ ޖަލުތަކުގެ ހާލަތު އާންމުކޮށްފައެވެ.
މި ބަޔާން ނެރުމުން އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާ އިސްރައެލް ޕްރިޒަން ސާވިސް އިން ވަނީ މިކަން ދޮގުކޮށްފައެވެ. އަދި ޖަލުތަކުގެ ކަންކަން ކުރިއަށް ދަނީ އެގައުމުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޖަލުތަކުގައި ތިބޭ ގައިދީން ބައިތިއްބަނީ ގާނޫނުތަކާ އެއްގޮތް ވާނެ ގޮތުގެ މަތިން ކަމަށާއި އެމީހުންނަށް ހުރިހާ ހައްގުތައް ކަށަވަރުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
'ފިޒިޝިއަންސް ފޯ ހިއުމަން ރައިޓްސް އިސްރާއިލް'' އިން ވަނީ އިސްރާއީލުގެ ޖަލުތަކުގެ އޮފިޝަލުން ކުރިން މައުލޫމާތު ހިއްސާކުރި ނަމަވެސް ފަހުން ގިނަ ކަންތައްތަކެއް ސިއްރުކޮށްފައިވާ ކަމަށް ބުނެފައެވެ.
އެ ގުރޫޕުން ބުނީ ދެ އަހަރުތެރޭ އިސްރާއީލުގެ މިލިޓަރީ ޖަލުތަކުގައި 52 މީހުން މަރާލާފައިވާ ކަމަށާއި އިސްރާއީލުގެ މައި ޖަލުތަކުގައި 42 މީހުން މަރާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު